20 Apr 2023
"ކޮތަޅު ބޮނޑީގެ އަގު މަތިވީ ބިލް ފާސް ވެގެން އައިއިރު މާއްދާއެއް އުނިވުމުން"
ޕްލާސްޓިކް ކޮތަޅުން ނަގަންފަށާފައިވާ 2 ރުފިޔާގެ ފީގެ ސަބަބުން ކޮތަޅު ބޮނޑީގެ އަގު މަތިވެފައިވަނީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ފާސް ވެގެން އައިއިރު މާއްދާއެއް އުނި ވުމުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފިއެވެ.
20 Apr 2023
އަލިފުށީ ޓިވެޓް ސެންޓަރު އިމާރާތް ކުރުމުގެ ބޮޑުބައި މަސައްކަތް ނިމިއްޖެ
ރ.އަލިފުށީގައި ޒަމާނީ ޓިވެޓް ސެންޓަރެއް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
20 Apr 2023
ފުރަމޭގެ ފަރުވާއަށް ދޭ ބޭހެއްގެ ނަކަލެއް ދައުރުވާތީ ސަމާލުވާން އެދެފި
ފުރަމޭގެ ފަރުވާއަށް ބޭނުންކުރާ ބޭހުގެ ނަކަލެއް ޔުނައިޓެޑް އެރެބް އެމިރޭޓްސްއިންނާއި، ކިރްގިސްތާންއިން ފެނިފައިވާކަމަށް ޑަބްލިޔުއެޗްއޯއިން އެލާރޓް ނެރެފައިވާތީ، އެކަމަށް ސަމާލު ވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
19 Apr 2023
"ނަޝީދަށް އެކަނި 55 މިލިއަން ޚަރަދުކުރުމަކީ ބަޖެޓަށް ކުޅަދާނަ ކަމެއް ނޫން"
55 މިލިއަން ރުފިޔާ ދެ އަހަރު ބައި ވެރިކަން ކޮށްފައިވާ ފަރާތަކަށް ޚަރަދުކުރުމަކީ ދައުލަތުގެ ބަޖެޓަށް ކުޅަދާނަ ކަމަކަށް ނުވާނެކަމަށް މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ.
19 Apr 2023
"ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާމެދު ރައްޔިތުން ސުވާލެއް ނުއުފައްދާ"
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ދޭތެރޭ ސަރުކާރުގެ ވާދަވެރިން ސުވާލުތައް އުފެއްދި ނަމަވެސް ރައްޔިތުން ސުވާލު ނޫފައްދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
19 Apr 2023
"ދޮގު ޚަބަރު ފަތުރަނީ ޕީޕީއެމް ބައިކުރަން، އަޑީގައި އޮތީ ސަރުކާރު"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ގުޅިގެން ޕާޓީގެ ލީޑަަޝިޕްގައި ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަށް ބުނެ މީޑިއާތަކުގައި ޚަބަރުތައް ފަތުރަމުންދަނީ ޕީޕީއެމް ބައިބައި ކުރުމަށް ކަމަށާއި، އެކަމުގެ ފަހަތުގައި އޮތީ ސަރުކާރު ކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
19 Apr 2023
"ރަމީޒުގެ ސުލޫކީ މައްސަލައާއި ރިޔާސީ ޓިކެޓާއި ގުޅުމެއް ނެތް"
އާދަމް ރަމީޒުގެ ސުލޫކީ މައްސަލައެއް ބަލަން ފެއްޓީ ފަހަރެއްގައި ރިޔާސީ ޓިކެޓާއި ގުޅިގެން، ނުވަތަ އެފަދަ މައްސަލައަކާއި ގުޅުމެއް އޮތް ކަމެއްގައި ނޫން ކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
19 Apr 2023
އަވައްޓެރި ބަންގްލަދޭޝްގައި ހޫނުގަދަވެ އިސްތިސްޤާ ނަމާދުކޮށްފި
އަވައްޓެރި ބަންގްލަދޭޝްގައި ހޫނުގަދަވެ އިސްތިސްޤާ ނަމާދު ކޮށްފިއެވެ.