ރައީސް ޞާލިހު އަދި ފައްޔާޒު ޝާޒާއެކު/ ފޮޓޯ: ވޮއިސް
ހަބަރު
15 Apr 2023 | 21:03
ޕީޕީއެމްގެ ގުރައިދޫ ގޮނޑި ފަސޭހަކަމާއެކު އެމްޑީޕީއަށް

ގިނަ ދުވަސްތަކެއް ވަންދެން ޕީޕީއެމުން ތަމްސީލު ކުރަމުންދިޔަ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފަސޭހަކަމާއެކު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ޝާޒު ކާމިޔާބުކުރައްވައިފި އެވެ. 

މިހާތަނަށް އެ އިންތިޚާބުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާތަކަށް ބަލައި، ޝާޒު އިންތިޚާބު ކާމިޔާބުކޮށްފައިވާކަން އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އިސް ބައެއް ވެރިން ވަނީ އިއުލާނުކުރައްވާފަ އެވެ. އެފަދައިން އިއުލާނުކޮށްފައިވަނީ ނަތީޖާތަކަށް ބަލާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ނުކުރި ނަމަވެސް އެ ގޮނޑި ޝާޒަށް ކަށަވަރުވާ ވަރަށް ފަހަރު ބޮޑުކޮށް އޭނާ ކުރީގައި އޮތުމުންނެވެ. 

މި އިންތިޚާބުގައި އެމްޑީޕީއާއި އެންމެ ގާތުން ވާދަކުރީ މީގެ ކުރިން އެ ދާއިރާގެ ގޮނޑި ތަމްސީލު ކުރަމުން ގެންދިޔަ ޕީޕީއެމް އެވެ. ޕީޕީއެމްގެ ފަރާތުން އެ އިންތިޚާބުގައި ވާދަކުރައްވާފައި ވަނީ މީގެ ކުރިން ގުރައިދޫ ދާއިރާގެ ގޮނޑި ތަމްސީލު ކުރެއްވި މަރުހޫމު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއެވެ. 

މިއަދުގެ ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އިބްރާހިމް ޝާޒްއަށް ވަނީ ޖުމްލަ 1340 ވޯޓު ލިބިފައެވެ. އަދި ޝާޒްއާއި ވާދަ ކުރި ޕީޕީއެމްގެ ހުސެއިން ރިޒާ 1226 ވޯޓު ލިބިފައިވާއިރު، އެމްއެންޕީގެ ކެނޑިޑޭޓް އާރިފް އަށް ލިބިފައިވަނީ 128 ވޯޓެވެ.

މާލޭޭން ޝާޒްއަށް 162 ވޯޓު ލިބިފައިވާއިރު، ރިޒާއަށް މާލޭ ވޯޓު ފޮށިން ލިބިފައިވަނީ 150 ވޯޓެވެ. އަދި އާރިފް އަށް ލިބިފައިވަނީ 20 ވޯޓެވެ.

ގުރައިދޫގެ ދެ ފޮށިން ޝާޒްއަށް 419 ވޯޓު ލިބިފައިވާއިރު، ރިޒާ ވަނީ މިފޮށިން 429 ވޯޓު ހޯދާފައެވެ. މި ފޮށިން އާރިފް އަށް ލިބިފައިވަނީ 49 ވޯޓެވެ.

މާފުށީގެ ދެ ފޮށިން ރިޒާއަށް 504 ވޯޓު ލިބިފައިވާއިރު، ޕީޕީއެމްގެ ރިޒާއަށް ލިބިފައިވަނީ 405 ވޯޓެވެ. އަދި އާރިފް އަށް ލިބިފައިވަނީ 51 ވޯޓެވެ. ގުޅީގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ބަލާއިރު، މި ފޮށިން ޝާޒްއަށް 255 ވޯޓު ލިބިފައިވާއިރު، ރިޒާއަށް ލިބިފައިވަނީ 242 ވޯޓެވެ. އަދި އާރިފް އަށް ލިބިފައިވަނީ 16 ވޯޓެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވަނީ ސަރުކާރުން އިންތިޚާބުގެ ތެރެއަށް ވަދެ ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިގެން ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ތުހުމަތު ކުރަމުންނެވެ. 

އެގޮތުން މިއަދު ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު އެއް ގަޑިއިރު އިތުރުކުރީ އެހިސާބަށް ނަތީޖާތައް ދައްކާގޮތުން އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަން ޔަގީން ކުރެވޭތީކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ވަގުތު އިތުރުކުރީ ސަރުކާރުން ނުފޫޒު ފޯރުވައިގެންކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވިކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. 

އަނެއްކޮޅުން އެމްޑީޕީން ބުނަމުންދަނީ މި އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުމުގެ އަސްލަކީ ރައީސް ޞާލިހުގެ ތަރައްގީ ކަމަށެވެ. އެމަނިކުފާނަށް ރައްޔިތުން ކުރާ އިތުބާރާއި، އެމަނިކުފާނަށް އޮތް ތާއީދު ގުރައިދޫ އިންތިޚާބުން ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.