09 Apr 2023
އިސްރާއީލްގެ އަމަލުތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
މާތްވެގެންވާ ރަމަޟާން މަހު އަލް-އަޤްސާ މިސްކިތުގައި އަޅުކަންކުރަމުންދާ ފަރާތްތަކަށް އިސްރާއީލުން މެދުކެނޑުމެއްނެތި ކުރަމުންދާ އަނިޔާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވި އޯ.އައި.ސީ. ގެ ކުއްލި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.