11 Apr 2023
ރީކޯގެ ކޮޅުވެއްޓި ނަަލަންދޫ ފަރަށް އެރިތާ ދެއަހަރު، ނަގަން އެންގުމުންވެސް ނުނަގާ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގެ ކުންފުނި ހެވީ ލޯޑުގެ ކޮޅުވެއްޓިއެއް ށ. ނަލަންދޫ ފަރަށް އެރިތާ ދެ އަހަރު ފާއިރުވެގެން ދިޔައިރުވެސް އެ ކޮޅުވެއްޓި ނަގާފައި ނުވާ ކަމަށާއި، ނެގުމަށް އެތަކެއް ފަހަރު އަންގާފައި ވާކަމަށް އީޕީއޭއިން ބުނެފިއެވެ.
11 Apr 2023
ފެބްރުއަރީމަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ ކ އާއި ރ. އަތޮޅުން
މިދޔަ ފެބްރުއަރީ މަހު އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ލިބިފައިވަނީ ކ. އަތޮޅުންނާއި ރ. އަތޮޅުން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާފިއެވެ.
11 Apr 2023
ފުއްގިރި މައްސަލަ: ދަށު ކޯޓުގެ ނިންމުން ހައިކޯޓުން ދަމަހައްޓައިފި
ރ. ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން އެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅާފައިވާ ލިޔުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓައިފި އެވެ.
11 Apr 2023
"މަސްތުވާތަކެއްޗާއި ދެކޮޅަށް އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތްތައް މި ސަރުކާރުން ކޮށްފި"
މަސްތުވާތަކެއްޗާއި ދެކޮޅަށް އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް މި ސަރުކާރުންކޮށްފައިވާކަމަށް ރައްޔިިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.
11 Apr 2023
"ރައްޔިތުންގެ ވެރިކަމެއް ޤާއިމުކުރުމަށް ރައީސް ޞާލިހު ބަލިކުރަން ޖެހޭ"
ރައްޔިތުންގެ ވެރިކަމެއް މި ޤައުމުގައި އުފެއްދުމަށް މިހާރު ވެރިކަމުގައި ހުންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ބޮޑުތަކުން ބަލުކުރުމަކީ ލާޒިމުކަމެއް ކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
11 Apr 2023
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
އިސްލާމިކް މިނިސްޓްރީއިން ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން މިއަދު ފަށައިފިއެވެ.
11 Apr 2023
ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ކާށި ބަހަން ފަށައިފި
ޗަމްޕާ ބްރަދަރސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި މިއަދު މާލެ ސިޓީ ކައުންސިލުން ބަހަން ފަށައިފިއެވެ.
11 Apr 2023
އަމްރު ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ދައްކާތީ ނިމާލު ފާޑުވިދާޅުވެއްޖެ
އެސްޓޯއޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ހުސެއިން އަމްރު ވަކިކުރިފަހުން ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަތައް އޭނާ ދައްކަމުންދާތީ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލު ފާޑުވިދާޅުވެއްޖެ އެވެ.