30 Mar 2023
ޖަޕާނުގެ ދެ މަނަވަރު ރާއްޖެއަށް ޒިޔާރަތްކޮށްފި
ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު "ޖޭއެސް އަވަޖި" އަދި "ޖޭއެސް އުރަގަ" މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
30 Mar 2023
"އިދިކޮޅު މީހުން ވުޒާރާތަކުގައި ތިބީމަކީ ސިޔާސަތު ތަންފީޒުކުރަން އޮތް ހުރަހެއް"
ސަރުކާރުގެ ސިޔާސަތުތައް ޤަބޫލު ނުކުރާ، ނުވަތަ ސަރުކާރާއި ދެކޮޅު މީހުން ވުޒާރާތަކުގައި ތިބުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އޮތް ހުރަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
30 Mar 2023
"ޑްރަގްކެފޭ އިސްތިހާރުކުރީ ހޯމް މިނިސްޓްރީއާއި ފުލުހުން"
ޑްރަގް ކެފޭތަކުގެ ގޮތުގައި މާލޭގައި ހިންގަމުންދާ ތަންތަން އިސްތިހާރުކުރީ ހޯމް މިނިސްޓްރީއާއި ފުލުހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
30 Mar 2023
53 މިލިއަން ދެއްކުމަށް ކުރި އަމުރު ބާތިލުކޮށްދިނުމަށް އެދިވަޑައިގެންފި
ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވި ހުކުމުގައި ހިމެނޭ 53 މިލިއަން ރުފިޔާ ހަ މަސް ދުވަސްތެރޭ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.
29 Mar 2023
ޖޭއެމްސީ މަސައްކަތްތެރިންގެ މުޒާހަރާ ކަވަރުކުރި ނޫސްވެރިޔާއަށް ފުލުހުން އިންޒާރުދީފި
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަނުދީ ގިނަ ދުވަސްވާ މައްސަލައިގައި އިންޑިއާ އެމްބަސީ ކައިރީ ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ "ވޮއިސް" ގެ ނޫސްވެރިއަކަށް ފުލުހުން އިންޒާރުދީފި އެވެ.
29 Mar 2023
މުސާރަ ނުދީގެން ދިޔަ މުވައްޒަފުންނާއި އެމްބަސިޑަރު ބައްދަލެއް ނުކުރި
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫޢުގެ މަސައްކަތްކުރާ މަސައްކަތްތެރިންނަށް އެ ކުންފުނިން މުސާރަ ނުދޭ މައްސަލައިގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރާއި ބައްދަލުކުރަން ދިއުމުން މުވައްޒަފުންނާއި ބައްދަލުނުކޮށް އަނބުރާ ފޮނުވާލައިފި އެވެ.
29 Mar 2023
މާލޭގައި މިރޭ ހަވާ އަރުވަނީ
މާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
29 Mar 2023
ޝިފާޒު މަގާމުން ވަކިކޮށް، އިބްރާޙީމް ވަހީދަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ވެރިކަންކުރާ އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު އެމަޤާމުން ވަކިކޮށް އެ މަގާމް އެމްޑީޕީގެ ޗެއާޕާސަން ގެ ނާއިބު އިބްރާޙީމް ވަހީދު (އިބުރޭ)އަށް ދޭން ސަރުކާރުން ނިންމައިފިއެވެ.