20 Mar 2023
ހިޔާ އަވަށުގެ ވަގުތީ މިސްކިތަށް ވަގުތީ ހައްލެއް
ހުޅުމާލެ ފޭސް 2ގައި ހަދާފައިވާ ވަގުތީ 2ވަނަ މިސްކިތް މަސްޖިދް އުޘްމާން ބިން ޢައްފާންއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
20 Mar 2023
"ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދިނުމާމެދު ދަންނަވާނެ އެއްޗެއް ނޭނގޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދިނުމާއިމެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ކުރީގެ ރައީސް އަދި އެމްއާރްއެމް ގެ ޒައީމް އާއި ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބުދޭން ނޭނގޭ ކަމަށް ވިދާޅުވެއްޖެއެވެ.
20 Mar 2023
އިސްލާމީ މަރުކަޒުގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފި
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒު)ގައި އައު ކާޕެޓްއެޅުމުގެ މަސައްކަތް ފަށައިފިއެވެ.
20 Mar 2023
ކްރިމިނަލް ކޯޓުގެ އިސް ޤާޟީއާއި ޤާޟީއެއްގެ މަގާމަށް ހުޅުވާލައިފި
ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަގާމާއި ޤާޟީގެ މަގާމަށް ކުރިމަތިލުުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
20 Mar 2023
"ޕީޕީއެމާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތު ވެސް އެބައޮތް"
މި ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމާއި އެކު ކޯލިޝަން ހެދުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެމްއާރްއެމް ގެ ޒަޢީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
20 Mar 2023
ރައީސް މާއުމޫން، ޤާސިމް މަޝްވަރާ ބައްދަލުވުމެއް!
މޯލްޑިވްސް ރިފޯމް މޫމްމަންޓް (އެމްއާރއެމް) ގެ ޒައީމް ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދު 1 ގައި އެމްއާރއެމް އޮފީސް، ހ. ފުލިދޫގޭއަށް ވަޑައިގެން ރައީސް މައުމޫން ވަނީ މީޑީއާއާއި ބައްދަލުކުރައްވާފައެވެ. އެގޮތުން މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޤާސިމް އިބްރާހިމްއާއެކު މަޝްވަރާކުރެއްވުމަށް ބައްދަލުކުރައްވަނީ ކަމަށް ވަނީ ވިދާޅުވެފައެވެ.
20 Mar 2023
"މި 4 އަހަރު ދައުލަތުގެ ހުރިހައި މުއައްސަސާއެއް އޮތީ ވާވެފައި"
މިދިޔަ 4 އަހަރަކީ ސަރުކާރަށް މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް އޮތުމުގެ ސަބަބުން ދައުލަތުގެ ހުރިހައި މުއައްސަސާއެއް ވާވެފައި އޮތް 4 އަހަރު ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލު(އިބުރާ) ވިދާޅުވެއްޖެއެވެ.
20 Mar 2023
ރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުން ވަރުގަދަ ކުރަން މަޝްވަރާ ކޮށްފި
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލާއި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ގްރިދާރް އަރްމަނެ ބައްދަލުކުރައްވައިފިއެވެ.