ހަބަރު
06 Mar 2023
"އެހެން ގޮތަކަށް ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނެތް"
ދަރަނި ރީސްޓްރަކްޗާ ކުރުމަށް މިހާރު ގެންގުޅޭ ޕްލޭން ނޫން، އެހެން ގޮތަކަށް އެކަން ކުރުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
06 Mar 2023
"އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ"
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން މެދުފަންތީގެ ޢާމްދަނީ ލިބޭ ޤައުމަކަށް ހިޖުރަކުރުމަށް ރާއްޖެ ކުރި ދަތުރުގައި، ފަޤީރުކަން ނައްތާލައި ތަރައްޤީ ގެނައުމަށް ކުރިމަތިވި ގޮންޖެހުންތަކާއި ރާއްޖޭގެ ތަޖުރިބާތައް ޙިއްޞާކުރައްވައި، އެގޮތަށް ހިޖުރަކުރާ ޤައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރައްވައިފިއެވެ.
06 Mar 2023
ވެންޓިލޭޓަރާއި ގުޅޭ ސުވާލުތަކަށް ޖަވާބުދޭން މިނިސްޓަރު ބޭނުންފުޅެއް ނުވި
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އާބިޓްރޭޝަނަށް ދިއުން ލަސްކުރި ސަބަބާއި ގުޅޭގޮތުން ކުރި ސުވާލަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖަވާބެއް ނުދެއްވި އެވެ.
06 Mar 2023
ޤާޟީ ޝަކީލް ހައި ކޯޓަށް ޢައްޔަންކުރެއްވުމަށް ނިންމައިފި
ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހުމަދު ޝަކީލު، ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ނިންމައިފިއެވެ.
06 Mar 2023
ރައީސް ޔާމީނަށް ހުކުމް ކުރި ގާޒީއަށް ކުރިއެރުންދޭތީ ކަންބޮޑުވުން
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލާން ޙުކުމް ކުރި ޤާޒީއަށް މަޤާމުގެ ކުރިއެރުން ދިނުމަކީ މި ސަރުކާރުން އެމަނިކުފާނުގެ މައްޗަށް އަނިޔާވެރިވެ، ސަރުކާރުން ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް އިދިކޮޅުން ބުނެފި އެވެ.
06 Mar 2023
ރައީސް ޞާލިހު މަލާވީގެ ރައީސް އާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ، އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގުރޫޕުގެ ޗެއަރ އަދި މަލާވީގެ ރައީސް ޑރ. ލަޒާރަސް ޗަކްވޭރާއާ، ބައްދަލުކުރައްވައިފިއެވެ.
06 Mar 2023
ސައުދީ ސަރުކާރުގެ ކިބައިން މާފަށް އެދުނިންތޯ ކުރި ސުވާލަށް ޖަވާބެއް ނުދެއްވި
ސައުދީ ސަރުކާރުގެ ކިބައިން މާފަށް އެދުނިންތޯ އައްސަވާ ކުރެއްވި ސުވާލަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަކި ޖަވާބެއް ނުދެއްވި އެވެ.
06 Mar 2023
ތިލަފުށީ ކުޑަގިރިއަށް އެރި ބޯޓު ތިން މިލިއަނުން ޖޫރިމަނާ ކޮށްފި
ކ. ތިލަފުށީ ކުޑަގިރިއަށް އެރި ބޯޓު ތިން މިލިއަނުން ޖޫރިމަނާ ކޮށްފިއެވެ.