ހަބަރު
07 Mar 2023
ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ހައި ކޯޓްގެ އިސް ފަނޑިޔާރުކަމުގެ މަޤާމް ހުސްވެފައިވުމާއި ގުޅިގެން މި މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
07 Mar 2023
މަސްތުވާތަކެތި އެތެރެ ކުރި ކަމަށް މައުލޫމާތު ލިބި އޮޕަރޭޝަނެއް ހިންގައިފި
ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން އެތަކެތި އަތުލައި ގަތުމަށް އޮޕަރޭޝަނެއް ހިންގައިފިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
07 Mar 2023
އިބުރާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އައް ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އައު ޤާނޫނު އަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ހާޒިރުވެއްޖެއެވެ.
07 Mar 2023
"ކުށްކުރުމުގައި ބައިވެރިވެފައިވާ އެތައް ފުލުހުންނެއް ކަނޑާލައިފިން"
ކުށްކުރުމުގައި ބައިވެރިވާ އެތައް ފުލުހުންނެއް ވަޒީފާއިން ވަކިކޮށްފައި ވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
07 Mar 2023
"ގާސިމް އަނދަވަޅަށް ވެއްޓެނީއެއް ނޫން؛ ކޮއްޕާ ވައްޓާލަނީ"
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް، އަނދަޅަށް ވެއްޓެނީ ނޫން ކަމަށާ އެހެނެއް ކަމަކު، ކޮންމެ ފަހަރަކުވެސް އެމަނިކުފާނުގެ ބޭނުން ކެނޑުމުން އަނދަވަޅުގެ ތެރެއަށް ކޮއްޕާ ވައްޓާލަނީ ކަމަށް ވިދާޅުވެ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދަށް ރައްދު ދެއްވައިފިއެވެ.
07 Mar 2023
"އިންތިޚާބުތައް ނަގަން ބަޖެޓުން ބޭރުން ޚަރަދުކުރުން ހުއްޓުވަން ޖެހޭ"
ސަރުކާރުން ނުފޫޒު ފޯރުވައިގެން އިންތިޚާބުތައް ކާމިޔާބުކުރުމަށް ބަޖެޓުން ބޭރުން ޚަރަދުކުރުން ހުއްޓުވަން ޖެހޭކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
07 Mar 2023
"ކޯލިޝަން ހަދާނީ ރިޔާސީ ނިޒާމަކު ނޫން؛ ބަރުލަމާނީ ނިޒާމުގައި"
ކޯލިޝަނަކީ ރިޔާސީ ނިޒާމުގައި ހަދާ އެއްޗެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް ވިދާޅުވެއްޖެއެވެ.
07 Mar 2023
"ޤާނޫނީ ހައިސިއްޔަތެއް ކޯލިޝަން ސަރުކާރަކަށް ނެތް"
ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަކީ ޤާނޫނު އަސާސީ ތަންދޭ ކަމެއް ނޫން ކަމަށާއި، ޤާނޫނީ ހައިސިއްޔަތެއް ކޯލިޝަން ސަރުކާރަކަށް ލިބިގެން ނުވާކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެ އެވެ.