08 Mar 2023
ރަޝީދު އާއި އަފީފު ބޭނުންވަނީ އެންޑީޕީން ވަކިވާން
މިހާރު އެމްޑީޕީގެ ސަރުކާރުން ކަންކަން ކުރަމުން އަންނަ ގޮތުން ފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވެސް ބޭނުންވަނީ އެމްޑީޕީން ވަކިވާން ކަމަށް އެ ދެބޭފުޅުން ވިދާޅުވެއްޖެއެވެ.
08 Mar 2023
"މުވައްޒަފުންގެ ހާޒިރީ ބޯނަސް ނުދެވެނީ ސަރުކާރުން ހުއްދަ ނުދީގެން"
މާލޭ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާޒިރީ ބޯނަސް ނުދެވެނީ މިނިސްޓަރީ އޮފް ފިނޭންސާއި ޕޭ ކޮމިޝަނުން ލިބެންވާ ހުއްދަ ނުލިބިގެން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
08 Mar 2023
"ޓެކްނޮލޮޖީގައި އަންހެނުން ބާރުވެރިކުރުވަން ސަމާލުކަން ދޭންޖެހޭ"
ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުވަން އިތުރު ސަމާލު ކަމެއް ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
08 Mar 2023
"އަންހެނުންގެ ދައުރު މަޖިލީހުގައި އިތުރުކުރަން ޤާނޫނު އިޞްލާހުކުރަންޖެހޭ"
ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ޤާނޫނަށް އިޞްލާޙު ގެނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
08 Mar 2023
"ހައިކޯޓުގެ ރަޖިސްޓްރާ އިދިކޮޅާއި ބައްދަލު ނުކުރަނީ ސަރުކާރުން އަންގައިގެން"
ހައިކޯޓުގެ ރަޖިސްޓްރާ ވާދަވެރި ސިޔާސީ ޕާޓީގެ ލީޑަރުންނާއި ބައްދަލު ނުކުރައްވަނީ ޖޭއެސްސީން އަންގައިގެންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
08 Mar 2023
ބީއެމްއެލްއިން އަންހެނުންގެ ދުވަހާ ގުޅުވައިގެން ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމެއް ފަށަނީ
އީޖާދީ އަދި ޓެކްނޮލޮޖީގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ އަދި އިންޖިނިއަރިންގ ޕްރޮގްރާމެއް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.
08 Mar 2023
"ޖޭއެސްސީ އިސްލާޙުކުރުން ފަސް ކުރަނީ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން"
ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭގޮތަށް ކޮމްޕޮސިޝަން ބަދަލުކޮށް ޖޭއެސްސީ އިސްލާހުކުރުން ސަރުކާރުން ފަސްކުރަނީ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްކަމަށް ވާދަވެރި ސިޔާސީ ޕާޓީން ބުނެފި އެވެ.
08 Mar 2023
ފްލެޓްތަކުގެ ބޭރުގައި ބަހައްޓާފައިވާ ތަކެތި ނުނަގައިފިނަމަ ފިޔަވަޅު އަޅަނީ
ހިޔާ ފްލެޓްތަކާއި، މއ. ވޭސައިޑް އަދި ގ.ގާކޮށީގެ ފްލްޓްތަކުން އިދާރީ ގަވާއިދުތަކާއ އުސޫލުތަކާއި ޚިލާފުވާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.