29 Jan 2023
ބިލެއްދޫ ފުރަތަަމަ ހާފިޒާއަށް ހޫނު މަރުހަބާއެއް!
ފ.ބިލެއްދޫއަށް އުފަން، އެރަށުގެ ފުރަތަމަ ހާފިޒާ އައިމިނަތު އައިފާއަަށް، ޤުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ނަގައިގެން ރަށަށް އައުމުން ކިޔާފައިވާ ހޫނު މަރުހަބާއަަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
29 Jan 2023
މިއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ފަށަންވީ ވަގުތު: ރާއީސް ޞާލިހް
މިއީ އެމްޑީޕީގެ ހުރިހާ މެންބަރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ފަށަންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
29 Jan 2023
"ޕްރައިމަރީއިން ފެނިގެން ދިޔައީ ނުފޫޒު ފޯރުވުމަށް ކުރާނެ މަސައްކަތުގެ ކުޑަ މިންވަރެއް"
އިއްޔެ ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީ އިންތިޙާބުން ފެނިގެން ދިޔައީ ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިޙާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ކުރާނެ މަސައްކަތުގް ކުޑަ މިންވަރެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމާ ވިދާޅުވެއްޖެއެވެ.
29 Jan 2023
ދިވެހި ގައުމު މިވަގުތަށް ސަލާމަތްވެއްޖެ: ޝަރީފް
ﷲގެ އިރާދަފުޅާއި މިންވަރު ފުޅުން ދިވެހި ގައުމު މި ވަގުުތައް ސަލާމަތް ވެއްޖެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅު ވެއްޖެއެވެ.
29 Jan 2023
ލޯންޗަކުން ޖެހި، ސްނޯކްލިން އަށް ގޮސް އޮތް ފަތުރުވެރިއެއް ނިޔާވެއްޖެ
ކ. ތުލުސްދޫ ކައިރިއަށް ސްނޯކްލިންއަށް ގޮސް އޮތް ފަތުރުވެރިއެއް ގައިގައި ދުއްވާފައި ދިޔަ ލޯންޗަކުން ޖެހިގެން ލިބުނު އަނިޔާގައި، އެމީހާ ނިޔާވެއްޖެ އެވެ.
29 Jan 2023
ކުރީގައި ހުރެ ލީޑު ކުރެވޭނީ ފަހަތުގައި ހުރެގެންވެސް ލީޑު ކުރެވޭ މީހަކަށް: ޢިމްރާން
މީސްތަކުންގެ ކުރީގައި ހުރެ ލީޑް ކުރެވެނީ ލީޑާއެއްގެ ފަހަތުގައި ހުރެ ލީޑްކުރަން އެނގޭ މީހަކަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާނު ވިދާޅުވެއްޖެއެވެ.
29 Jan 2023
ސްވިޑެން ސަރުކާރުގެ މުނާފިގުކަން ހާމަވެއްޖެ
ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް އޮންނަންވާނެ ކަމަށް ބުނެ، ކީރިތި ޤުރުއާން އެންދުމަަށް ހުއްދަ ދިން ސްވިޑެން ސަރުކާރުގެ މުނާފިގުކަން ހާމަވެއްޖެއެވެ.
29 Jan 2023
"އިންތިހާބުން އެނގުނީ ރައީސް ޞާލިހު ގެ ތަރައްގީއަށް ކުރާ އިތުބާރު"
އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ އެމްޑީޕީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ތަރައްޤީ އަށް ކުރާ އިތުބާރު ކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.