28 Jan 2023
ވޯޓު ގުނުން ކުރިއަށް، ކުރީގައި ރައީސް ޞާލިހު
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓު ގުނުން ކުރިއަށް ދާއިރު ކުރީގައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
28 Jan 2023
"މިއަދު މި އެނގުނީ ގައުމު ހަމަ މަގަށް އެޅުވޭނީ ރައީސް ޔާމީންއަށް ކަން"
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރިމައިރީގެ ވޯޓުގައި ހިނގައިދިޔަ ކަންތަކަށް އެކަނި ބަލާލިޔަސް، މި ގައުމު މިހާރު މި އޮތް ހާލަތު ހަމަޔަކަށް އެޅުވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުކަން އެނގިގެންދާކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
28 Jan 2023
"ވޯޓު ފޮށިތަކަށް ގެއްލުންދޭ މީހުންނަށް ފިޔަވަޅު އަޅައިގެންވެސް އިންތިޚާބު ކުރިއަށް ގެންދާނަން"
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަހައްޓާފައި ހުރި ވޯޓު ފޮށިތަކަށް ގެއްލުންދޭ މީހުންނާއި ދޭތެރޭގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅައިގެންވެސް މި އިންތިޚާބު ކުރިއަށް ގެންދާނެކަމަށް އެ ޕާޓީއިން ބުނެފިއެވެ.
28 Jan 2023
ޕީޕީއެމްގެ އިންތިޚާބުތައް ބަލައިގެން ޑިމޮކްރަސީ ދަސްކުރަން ގޮވާލައިފި
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބާއްވާ އެތެރޭގެ އިންތިޚާބުތައް ބަލައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޑިމޮކްރަސީއަކީ ކޮންއެއްޗެއްކަން ފުރަތަމަ ދަސްކުރުމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.
28 Jan 2023
ވޯޓު ފޮއްޓަށް ގެއްލުން ދިން 3 މީހަކު ހައްޔަރުކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ބަހައްޓާފައިވާ ފޮށިތަކަށް ގެއްލުންދިން 3 މީހުން ހައްޔަރުކޮށްފި އެވެ.
28 Jan 2023
އިންތިހާބުން މޮޅުވެއްޖެ ކަމަށް ރައީސް ނަޝީދުގެ ޓީމުން އިއުލާނުކޮށްފި
މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ކުރީގެ ރަައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވާފައިވާ ކަމަށް އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން އިއުލާނު ކޮށްފި އެވެ.
28 Jan 2023
މަޑިފުއްޓާއި ތިނަދޫގެ ވޯޓު ފޮށި ފަޅާލައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމަށް ތ މަޑިފުށީގައި ބަހައްޓާގައި ހުރި ވޯޓު ފޮއްޓާއި، ގދ ތިނަދޫގައި ބަހައްޓާގައި ހުރި ވޯޓު ފޮށި ފަޅާލައިފިއެވެ.
28 Jan 2023
ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލުމުން ގައްދޫގައި ވޯޓުލުން ހުއްޓާލައިފި
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ގދ. ގައްދޫގައި މީހަކު ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓުލުމުން، އެރަށު ފޮއްޓަށް ވޯޓުލުން ހުއްޓާލައިފިއެވެ.