01 Nov 2022
"ރަޝިޔާ-ޔޫކުރެއިން ހަނގުރާމަ އާއި ގުޅިގެން އިންވެސްޓަރުންގެ ޝައުގުވެރިކަން ބަދަލުވި"
ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއި ގުޅިގެން ދިވެހިރާއްޖެއަށް އިންވެސްޓުކުުރުމުގެ ޝައުގުވެރިކަން ހުރި އެތައް ފަރާތްތަކެއްގެ ވިސްނުން ބަދަލުވެގެން ދިޔަކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
31 Oct 2022
އުދައްޔު މަރާލިކަމަށް ސާބިތުވި ކުއްޖާއަށް 25 އަހަރުގެ ޙުކުމެއް!
މިދިޔަ އަހަރުގެ ފެބުރުއަރީ މަހު، ގއ.މާމެންދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެރަށު ލީލީ އޮފް ދިވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު މަރާލި މައްސަލަ، ސާބިތުވެފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުއްޖާ 25 އަހަރާއި 5 މަސްދުވަހަށް ބަންދުކުރުމަށް ޖުވަނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.
31 Oct 2022
"ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ގެންނެވުމުން އެވާހަކަ ދައްކަންވީ"
ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގެ ހެކި ދެއްކުމުން އެެންމެން އެ ވާހަކަ ދައްކަންވީ ކަަމަށް ވިދާޅުވެ ޗާގޯސް މައްސަލާގައި، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އިދިކޮޅު ކޯލިޝަނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.
31 Oct 2022
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ސުޖާތާ
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް، އަލްފާޟިލާ ސުޖާތާ ޙަލީމް ޢައްޔަން ކުރައްވައިފިއެވެ.
31 Oct 2022
ވޭޕް ވިއްކާ މީހުންނަށް އެޗްޕީއޭ އިން އިންޒާރުދީފި
ވޭޕް އިޝްތިހާރު ކޮށްގެން އެ ވިއްކާ މީހުންނަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިންޒާރުދީފިއެވެ.
31 Oct 2022
މަޖިލީހަށް ބަޖެޓެއް ހުށަހަޅައިގެން ފާސްކުރަނީ ހަމަ ނަމަކަށް: އުޝާމް
ރައްޔިތުންގެ މަޖިލީހަށް ބަޖެޓެއް ހުށަހަޅައިގެން ފާސްކުރަނީ ހަމަ ނަމަކަށް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
31 Oct 2022
މީގެ ފަހުން ކުއްޔަށް އުޅޭ މީހުންގެ ނަމަށް ފެނާއި ކަރަންޓު ބިލުކުރެވޭނެ
ކުއްޔަށް ދީފައިވާ ތަންތަނުގެ ފެނާއި ކަރަންޓު، ގޭގެ ވެރިފަރާތަށް ބިލުކުރުމުގެ ބަދަލުގައި، އެތަނެއް ކުއްޔަށް ހިފައިގެން އުޅޭ ފަރާތަށް ބިލުކުރެވޭގޮތަށް ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވައިފިއެވެ.
31 Oct 2022
"އިންޑިއާ އާއި ވާހަކަ ދައްކައިގެން މަލިކު ހޯދަން އުޅުން މާ މުހިންމު ދޯ؟"
ތާރީޚީ ގޮތުން ބަލާއިރު މަލިކާއި ދިވެހިރާއްޖެއާއި އޮތް ގުޅުން މާ ބޮޑު ކަމަށާ، ވުމާއެކު އިންޑިއާ އާއި ވާހަކަ ދައްކައިގެން މަލިކު ހޯދަން އުޅުން މާ މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެެއެވެ.