30 Oct 2022
ހަކަތައިގެ މަގުޗާޓު މުރާޖަޢާކުރުމުގެ މަސައްކަތް ފަށައިފި
ރާއްޖޭގެ ހަކަތައިގެ ދާއިރާގެ މަގުޗާޓު، މުރާޖައާކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
30 Oct 2022
މަ3ތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްސަ މެޑެލް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސަވައިފިއެވެ.
30 Oct 2022
މުފްތީ މެންކުގެ ދަރުސް މިރޭ އައްޑޫ ސިޓީގައި
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް މިރޭ އައްޑޫ ސިޓީގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
30 Oct 2022
7 އަހަރުތެރޭ ކުންފުނިތަކާއި ގުޅުންހުރި 1465 ޝަކުވާ
ފާއިތުވި 7 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުލުންހުރި 1400އަށް ވުރެ ގިނަ ޝަކުވާ ހުށައަޅަފައިވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
30 Oct 2022
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.
30 Oct 2022
"'އުނދުޅި ބޭނި' އިރު އިގްތިސާދީ ސަރަހައްދުގެ ދިފާއުކުރިން"
ބަންޑާރަ ނާއިބު ކަމުގެ މަގާމުގައި ހުންނަވައި، ކަންކަމަށް "އުނދުޅި ބޭނިއިރު" ރާއްޖޭގެ އިޤްތިސާދީ ސަރަހައްދު ބޮޑުކޮށް، ދިފާއުކުރަން މަސައްކަތްކޮށްފައިވާނެ ކަމަށް ވިދާޅުވެ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބޯޑު މެމްބަރު މުހައްމަދު ނަސީމް ހުސެއިން (ނަފާ ނަސީމް) ދެއްކެވި ވާހަކަތަކަށް ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ރައްދު ދެއްވައިފިއެވެ.
30 Oct 2022
"ގާސިމްގެ ތާއީދު ނުލިބުނު ނަމަ ރައީސް ޔާމީންއަށް ވެރިކަމަށް ނާދެވުނީސް"
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ނުލިބުނު ނަމަ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަމަށް ނާދެވުނިސްކަމަށް ސްޓޭޓް މިނިސްޓަރު އަދި ޖޭޕީގެ ކައުންސިލް މެމްބަރު ހަސަން މުގުނީ ވިދާޅުވެއްޖެއެވެ.
30 Oct 2022
"ދައުލަތުގެ ތިން ބާރު ތެރޭގައިވެސް ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ"
ދައުލަތުގެ ތިންބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަންގެ ޢަމަލުތައް ހިނގާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.