29 Oct 2022
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން)ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
29 Oct 2022
ފަތުރުވެރިންގެ ޖުމްލަ އަދަދު މިދިޔަ އަހަރަށްވުރެ މިއަހަރު އިތުރު
މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
28 Oct 2022
"ކީރިތި ޤުރުއާނާއި އޮންނަ ގުޅުން ރަނގަޅު މީހަކީ އުފާވެރި މީހެއް"
ކީރިތި ޤުރުއާނާއި އޮންނަ ގުޅުން ރަނގަޅު މީހަކީ އުފާވެރި މީހެއްކަމަށް ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
28 Oct 2022
"ފޯޅަވަހީގެ މައްސަލަ އެމްއާރުއެމްއާ މަޝްވަރާކުރާނެތޯ؟ އެމްޑީޕީއާވެސް ނުކުރޭ"
ފޯޅަވަހީގެ މައްސަލަ އާއި ގުޅިގެން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި ވެސް މަޝްވަރާ ނުކުރައްވާ ކަމަށާ، ވީއިރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއާއި ކުރާނެތޯ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ (އިންތި) ސުވާލުކުރައްވައިފިއެވެ.
28 Oct 2022
""މާލެ ފެހި" އައުޓްލެޓް އަކީ ނުގަވައިދުން ހިންގާ ވިޔަފާރިއެއް ނޫން"
މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި "މާލެ ފެހި" އައުޓްލެޓް ކުރިއަށް ގެންދަނީ ނުޤަވާއިދު ވިޔަފާރިއެއް ގޮތުގައި ނޫންކަމަށާއި އެކަން ކުރިއަށް ގެންދަނީ ކައުންސިލްގެ އިމުގެތެރެއިން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
28 Oct 2022
"އެމްޑީޕީ ބަލިކުރަން ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނަން"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދުގެ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ބަލިކުރަން ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
28 Oct 2022
"ހޯޑެއްދޫއިން ހޯދީ ހައްޔަރު ކުރި މީހެއް ފޮރުވާފައި ހުރި މަސްތުވާތަކެތި"
ގދ. ހޯޑެއްދޫއިން ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ އަންގާރަ ދުވަހު އެރަށުން ހައްޔަރު ކުރި މީހެއް ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެެއެވެ.
28 Oct 2022
މުފްތީ މެންކްގެ ދަރުސް މިރޭ ކާނިވާ ސަރަހައްދުގައި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސް މިރޭ މާލޭގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.