02 Nov 2022
"މޮރިޝަސް އަތުގައި ނެތް ސަރަހައްދެއް އެމީހުންނަށް ދީފި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީފުޅާއެކު އެ ގައުމަށް ލިބިފައި ނުވާ ބޮޑު ސަރަހަދެއް ލިބިގެން ގޮސްފިކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
02 Nov 2022
"ސަރަހައްދުން ބައެއް ގެއްލޭ ނިންމުމެއް ރައީސްއަށް އަމިއްލަފުޅަށް ނުނިންމޭނެ"
ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އެއްވެސް ނިންމުމެއް އަމިއްލަފުޅަށް ނިންމުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
02 Nov 2022
"ނަފްސާނީ ބަލިތަކަށް މިވަރުގެ ސަމާލުކަމެއް ލިބެންފެށީ އަދި ކިރިޔާ"
ރާއްޖޭގައި ނަފްސާނީ ބަލިތަކަށް މިވަރުގެ ސަމާލުކަމެއް ލިބެންފެށީ އަދި ކިރިޔާ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
02 Nov 2022
އެމްބިއުލެންސް ފޯރުކޮށްދިނުމުގައި ތާރީޚްގައި ނަންލިޔާނެ މިނިސްޓަކަށް ނަސީމް ވާނެ"
ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ތަކަށް އެމްބިއުލެންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ތާރީޚްގައި ނަން ލިޔާނެ ވަޒީރެއްގެ ގޮތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެެއެވެ.
02 Nov 2022
ޓެކްސް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްފި
ބީ.ޕީ.ޓީ އަދި އިންކަމް ޓެކްސް ބަޔާން ހުށައަޅައިފައިނުވާ ފަރާތްތަކާއި ފައިސާ ދައްކައިފައިނުވާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
02 Nov 2022
މުފްތީ މެންކް ފުރާވަޑައިގެންފި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ފުރާވަޑައިގެންފިއެވެ.
02 Nov 2022
"ގަވައިދާއި ޚިލާފަށް ނިންމި އެއްވެސް ނިންމުމަކަށް އިޚްތިރާމެއް ނުކުރާނަން"
ޗާގޯސް މައްސަލައިގައި ސަރުކާރުން ގަވައިދާއި ޚިލާފަށް ނިންމި ނިންމުންތަކަށް އިޚްތިރާމު ނުކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
02 Nov 2022
"ކުއްލި ކުއްލިއަށް ސްޓޭންޑް ބަދަލުކުރީމާ ވާން އުޅޭ ގޮތެއް ނޭނގޭ"
ކަންކަމުގައި ސަރުކާރުގެ ސްޓޭންޑް ކުއްލި ކުއްލިއަށް ބަދަލުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދައިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުރުހުން ފާޅުކުރައްވައިފިއެވެ.