07 Nov 2022
ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި އިންޑިއާ ފިރިހެނެއް ހައްޔަރުކޮށްފި
އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
06 Nov 2022
ޕީޕީއެމްގެ ކެލާ ދާއިރާގެ ރައީސަކަށް ގާލިބް، ނައިބަކަށް ޝިފާޒް
ޕީޕީއެމް/ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި ކެލާ ދާއިރާގެ ރައީސަކަށް ކޯލިޝަންގެ ސެނެޓްގައި ހިމެނިވަޑައިގަންނަވާ އަހުމަދު ގާލިބް އަދި ނައިބު ރައީސަކަށް ހުސެއިން ޝިފާޒް (ޖޯރޭ) އިންތިހާބުވެއްޖެއެވެ.
06 Nov 2022
އަރަބިއްޔާ ޕްރިންސިޕަލް ބަދަލުކުރި މައްސަލާގައި ބެލެނިވެރިން އިހްތިޖާޖަށް!
ޢަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް ޝުޖާއު ޢަބްދުލް ރަހީމް އެ ސުކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުން ވަކިކޮށް އެ ސުކޫލު ހިންގުން އިސްކަންދަރު ސުކޫލް ޕްރިންސިޕަލް ހުސައިން ސަޢީދާއި ހަވާލު ކުރުމާއި ގުޅިގެން އަރަބިއްޔާގެ ބެލެނިވެރިން އިހްތިޖާޖް ކުރަން ފަށައިފިއެވެ.
06 Nov 2022
ފުރަތަމަ 3 އަހަރު ތެރޭގައި އައްޑޫގައި 5000 ވަޒީފާ އުފައްދާނަން
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ 3 އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގައި 5000 ވަޒީފާ އުފައްދަވާ ދެއްވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
06 Nov 2022
ޢަރައްބިއްޔާ ސުކޫލުގެ ޕްރިންސިޕަލް މަގާމުން ވަކިކޮށްފި!
ޢަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް ޝުޖާއު ޢަބްދުލް ރަހީމް މަގާމުން ވަކިކޮށް އެ ސުކޫލު ހިންގުން އިސްކަންދަރު ސުކޫލް ޕްރިންސިޕަލާއި ހަވާލުކޮށްފިއެވެ.
06 Nov 2022
ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އިންޑިއާ ނޫހަކުން ގޮވާލައިފި
ރާއްޖޭގައި ތަފާތު ދީންތަކުގެ އަޅުކަންކުރުމުގެ މިނިވަންކަން ދިނުމުގެ ވަގުތު ޖެހިއްޖެ ކަމަށް ބުނެ އިންޑިއާގެ ނޫހެއް ކަމުގައިވާ މަންގަލޯރިއަނުން ގޮވާލައިފިއެވެ.
06 Nov 2022
"ރައީސް ނަޝީދުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ގަދަރު ކުޑަކަން ހާމަވެއްޖެ"
ކޮޕް 27ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެހެން ޤައުމެއް ތަމްސީލު ކުރެއްވުމުން އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއާމެދު އޮތް ގަދަރު ކުޑަކަން ހާމަވެއްޖެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އިން ބުނެފިއެވެ.
06 Nov 2022
"ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމުލަ އަދަދު 15.2 ބިލިއަން ރުފިޔާއަށް އަރާ"
‏ޖީއެސްޓީއާއި ޓީޖީއެސްޓީ އަދި އެނޫންވެސް ގޮތްގޮތުން ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމުލަ އަދަދު 15.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.