މަޖިލީހުގެ ޖުޑިޝަރީގެ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ/މަޖިލިސް
ހަބަރު
02 Nov 2022 | 15:01
ދަޢުވާނުކޮށް 3 މަހަށް ބަންދުކުރެވޭގޮތަށް ޤާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފި

ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން 3 މަސްދުވަހު ބަންދުގައި ބޭއްތިއްބޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. 

އެ ބިލް ހުށަހެޅުމުގެ މަގްސަދެއް ކަމަށް އޭނާ ބަޔާންކޮށްފައި ވަނީ ގާނޫނު ތަންފީޒުކުރުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ އިޖުރާއަތްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ އިތުރުން އިއުތިރާފް އެއްބަސްވުން ހެދޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލު ކުރާނެ އިޖުރާއަތްތައް އިތުރަށް ތަފްސީލު ކުރުމެވެ.

ހަމައެހެންމެ ހެކިބަސް ދޭ މީހުން ހިމާޔަތްކުރުމާ ގުޅޭ ތަފްސީލީ އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް އެ ބިލް ހުށަހެޅުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތާއި ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބޭ މުއްދަތު އިތުރުކުރުމަކީ އެ ބިލްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ހިމަނާފައިވާ ކަމެވެ.

މިހާރު ގާނޫނު އޮންނަގޮތުން ބަންދުގައި ހުންނަ މީހާގެ މައްސަލަ 30 ދުވަސް ތެރޭ ޕީޖީ އޮފީހަށް ފޮނުވަންޖެހެ އެވެ. އެ މުއްދަތަކީ ބޮޑެތި ޖިނާއީ މައްސަލަތައް ތަހުގީގު ކުރަން ބައެއް ފަހަރަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ފުލުހުން ފާހަގަކުރެ އެވެ.

ވުމާއެކު ޝިފާއު ހުށަހެޅުއްވި އެ ބިލަށް ގެނައި އެންމެ މުހިމު އިސްލާހަކީ ފުލުހުން ތަހުގީގް ކުރަމުންދާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ބަންދާމެދު މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ބަދަލު ގެނައުމެވެ.

އެގޮތުން، މިހާރު ގާނޫނު އޮންނަ ގޮތުން، ފުލުހުންނަށް ޓެރަރިޒަމް މައްސަލަތައް ފިޔަވައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ބަންދުގައި ބެހެއްޓޭނީ 75 ދުވަސް ކަމުގައިވީ ނަމަވެސް ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު 90 ދުވަހަށް އެމީހަކު ބަންދުގައި ބެހެއްޓުމުގެ ފުރުސަތު ފުލުހުންނަށް ލިބިދީފައިވެއެވެ.

އަދި މީގެ އިތުރުން ތަހުގީގުގެ މުއްދަތު 45 ދުވަސް އިތުރު ކުރުމުގެ ބާރު ޕީޖީއަށް ލިބިދޭ ގޮތަށް މިހާރު އޮންނަ އިރު، ޝިފާއު ހުށަހެޅި އިސްލާހުގައި ވަނީ އެ މުއްދަތު 60 ދުވަހަށް ބަދަލު ކުރުމަށެވެ.

ޖިނާއީ އިޖުރާތު ޤާނުނަށް ޝިފާއު ހުށަހެޅުއްވި މި އިސްލާހުތައް ދިރާސާކުރެއްވި ޖުޑީޝަރީ ކޮމެޓީގައި، ފުުލުހުންނާއި، ޕީޖީ އޮފީހާއި، ޖޭއެސްސީގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަންގެ މަޝްވަރާ ހޯދާފައިވެއެވެ.

މި ބިލަށް ކޮމެޓީން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް އެންމެ ފަނޑިޔާރަކަށްވެސް ބެލޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. ކޮމެޓީގެ މިނިންމުމުގައި ބުނެފައިވަނީ ދަށު ކޯޓުން ހުށަހަޅާ ބައެއް މައްސަލަތަކުގައި އެއް ފަނޑިޔާރަށްވެސް މައްސަލައާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުހަލާގައި އެ ކޯޓަކުން ނިންމާ ނިންމުންތަކާއި ޝަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއްގެ އިސްތިއުނާފީ މައްސަލަތައް ކަމަށްވެސް ބުނެފައިވެއެވެ.

ޖިނާއީ އިޖުރާތު ޤާނޫނުގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި 11 ކުށެއް ވަނީ މީގެ ކުރިން ކަނޑައަޅާފައެވެ. ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނެނީ މީހަކު މެރުމުގެ ކުށް، ރޭޕްކުރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް، ޓެރަރިޒަމްގެ ކުށްތައް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް، ޓްރެފިކްކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، ލައްކައަކަށްވުރެ މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށް، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް، އަދި ރިޝްވަތުގެ ކުށާއި ކޮރަޕްޝަންގެ ކުށެވެ.

ކޮމެންޓް
ބިސް
އަޗާ...ޑިމޮކުރަސީގެ އައްޕަ ކޮންކަހަލަ ގާނޫނެއް މިހަދަނީ...މައުމޫނު ކުރީމަ ނުބައި...ނަޝީދާ އެމްޑިޕީ ކުރީމަ ރަނގަޅު.
04 Nov 2022
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.