އިލްޔާސް ލަބީބު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
02 Nov 2022 | 11:44
ރައީސްގެ ސިޓީފުޅުން މޮރިޝަސް އަތުގައި ނެތް ސަރަހައްދެއް އެމީހުންނަށް ދީފި: އިލްޔާސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީފުޅާއެކު އެ ގައުމަށް ލިބިފައި ނުވާ ބޮޑު ސަރަހަދެއް ލިބިގެން ގޮސްފިކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. 

ޗާގޯސް މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށައެޅި ގަރާރަކަށް ވާހަކަދައްކަވަމުން އިލިޔާސް ވިދާޅުވީ ޗާގޯސް މައްސަލައަކީ ރާއްޖޭގެ ރައްޔިތުންގެވެސް އަދި އެކި އެކި ސިޔާސީ ޕާޓީތަކުގެވެސް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްކަމަށެވެ. މި މައްސަލަ މިހާ ހައްސާސް މައްސަލައަކަށް ވެގެން ދިޔައީ ރައްޔިތުންނަށް ވާ ނުވާ ސާފުވާ ގޮތަށް ސަރުކާރުން ކަންތައްތަކެއް ނިންމަމުން ދިއުމާއި ގުޅިގެންކަމަށެވެ. 

"މިކަމާއި ގުޅޭގޮތުން ކުރީގެ އެޓާނީޖެނެރަލް ޑރ މުނައްވަރު އެކި ފޯރަމްރަކުގައި ވަރަށް ތަފްސީލުކޮށް ވާހަކަދައްކަވާފައި އެބަހުރި. އަދި މި މައްސަލަ މިފަހުން ތިލަވުމުގެ ކުރިން މިކަމާއި ބެހޭގޮތުން އެބޭފުޅާ ނޫސްބަޔާނެއް ނެރުއްވާފއި އޮތްވާ އަޅުގަނޑު ދެކުނިން. ޑރ މުނައްވަރަކީ ހަމައެކަނި ކުރީގެ އެޓާނީޖެނެރަލް އެއްގެ އިތުރަށް މި ދިވެހިރާއްޖޭގެ ބޯޑަރު ކަނޑައެޅިއުރު ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަން އެ ލައިނު އެޅުއްވި ބޭފުޅާ. އެބޭފުޅާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މިކަމުގެ ތަފްސީލު"

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު

އެކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ ޑރ މުނައްވަރުގެ އިތުރުން ކުރީގެ އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ބޭފުޅުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއީ އެ ފަރާތްތަކަށް އިނގިލި ދިއްކުރަންވީ ވަގުތު ނޫންކަމަށެވެ. އަދި މިއީ މި މައްސަލަ މިޔަށްވުރެ ފުޅާކޮށް ބަލާ ތަހުގީގުކުރަން ޖެހޭ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ. 

އެއާއެކު އިލިޔާސް ވިދާޅުވީ އެ މައްސަލައިގައި މިހާރު ލިބޭ މައުލޫމާތަށް ބަލާއިރު، ސަރުކާރުން ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެން މޮރިޝަސް އަތުގައި ނެތް ބޮޑު ސަރަހައްދެއް އެމީހުންނަށް ލިބިގެން ގޮސްފައިވާކަމަށެވެ. އަދި ދިވެހިރާއްޖެއިން ބޮޑު ސަރަހައްދެއް ގެއްލިގެން ގޮސްފައިވާކަމަށެވެ. 

"އަޅުގަނޑުމެންނަށް މިހާރު ލިބޭ މައުލޫމާތަށް ބަލާއިރު، އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ މޮރިޝަސްއަތުގައި ނެތް އެއްޗެއް އެމީހުންނަށް ލިބިއްޖެކަން. އެމީހުންނަށް ދީގެން އުޅޭކަން. ރާއްޖެއިން ބޮޑު މާސިންގާ ކްލެއިމްއެއް ކުރެވެން އޮތްކަމެއް، ރާއްޖޭގެ ސަރަހައްދުގެ ބޮޑު މާސިންގާ ތަނެއް، ރާއްޖޭގެ ޓެރިޓަރީގެ ގޮތުގައި އަޅުގަނޑުމެން މިޔޮއް ހުރިހާ ދުވަހު ބަލަމުން އައި ތަނެއް، އަޅުގަނޑުމެންނަށް ކްލެއިމް ކުރެވެން އޮތް ތަނެއް އަޅުގަނޑުމެން އަތުން ބީވެގެން ދާ ވާހަކަ މި އިވެނީ"

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު

އިލްޔާސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން ސްޓޭންޑް ބަދަލުކޮށްފައިވަނީ ގާނޫނު އަސާސިއާއި ޚިލާފަށްކަމަށެވެ. އަދި ސަރުކާރުން އެފަދައިން އަމަލުކުރި ގޮތް ސާފުކުރުމަށް ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭހެން މަޖިލީހުން ކޮމެޓީއެއް އެކުލަވާލާ މިނިވަން އިންކުއަރީއެއް ހިންގަން ޖެހޭކަމަށެވެ. 

ލަސްނުކުރައްވާ އެކަން ކުރެއްވުމަށް އިލްޔާސްގެ ވާހަކައިގައި ވަނީ ގޮވާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.