ހަބަރު
11 Oct 2022
އިއްޔެ މުޒާހަރާ ރޫޅާލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށްބުނެ، މަސްވެރިންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަސްމާރުކޭޓު ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާ ރޫޅައިލައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
11 Oct 2022
މަސްތުވާތަކެތީގެ ވިޔަފާރި ކުރަނިކޮށް ހައްޔަރުކުރި ޒުވާނާ 15 ދުވަހަށް ބަންދު
ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދަނިކޮށް ހައްޔަރުކުރި ޒުވާނާ 15 ދުވަހަށް ބަންދުކޮށްފިއެވެ.
11 Oct 2022
"ޕީސީއާރް ހަދަން މެޑިފްލެކްސް އަށް ދިނީ އެތަން އަގުހެޔޮ ވީމާ"
1443 ވަނަ އަހަރުގެ ހައްޖުވެރިން ސައޫދީއަށް ފުރުމުގެ ކުރިން ހަދަން ޖެހުނު ޕީސީއާރް ޓެސްޓް މެޑިފްލެކްސް ލެބޯޓަރީން ހަދަން ހަވާލުކުރީ އައިޖީއެމްއެޗްގެ އައިޖީއެމްއެޗް އަށްވުރެ އެތަން އަގު ހެޔޮވީމާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
11 Oct 2022
މި ސަރުކާރުން މިދަނީ ބާނާހާ މަހެއް ކިރަމުން: ޝިފާއު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ސަރުކާރުން އަންނަނީ މަސްވެރިން ބާނާހާ މަހެއް ކިރަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
11 Oct 2022
ނަފްސާނީ ބަލި އޮތް މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރަނީ
ނަފްސާނީ ބަލި ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށްޓަކައި ޤައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ހާމަކޮށްފިއެވެ.
11 Oct 2022
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން ނިންމައިފި
ނޮވެމްބަރު 3 ގެ ޢުދުވާނުން ރާއްޖެ ސަލާމަތް ކުރަން އިސް ދައުރެއް އަދާކުރެއްވި ބަޠަލު، ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން އޭނާގެ އުފަން ރަށް ކަމަށްވާ ކުޅުދުއްފުށިން ނިންމައިފިއެވެ.
10 Oct 2022
މީރާއަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރޭގައި ޖީއެމްއާރު!
ދައުލަތަށް ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކްސް ބަޔާން ހުށަނާޅާ މީހުންގެ ވަނަވަރު މީރާއިން މިއަދު ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި އިންޑިޔާގެ ޖީއެމްއާރު ކުންފުނިވެސް ހިމެނިއްޖެއެވެ.
10 Oct 2022
ނަފްސާނީ ބަލިތަކަށް ޚިދުމަތްދިނުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް ގޮވާލައިފި!
ނަފްސާނީ ބަލިތަކަށް އިތުރު އިސްކަމެއްދީ، އެފަދަ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.