ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2022 | 11:42
ޓެކްސް ބޮޑުކުރަން ހުށައެޅީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފަޔާއި ދެކޮޅަށް: ސައީދު

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައެޅި ހުށައެޅުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެންގުންތަކާއި ރިކޮމެންޑޭޝަންތަކާއި ދެކޮަޅަށް ހުށައެޅި ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށުދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވެފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހަށް މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ. 

ސައީދުގެ ވާހަކަފުޅުފައްޓަަވަމުން ވިދާޅުވީ ޓެކްސް ނަގަން ސަރުކާރުން ރައްޔިތުންނާއި ހަމަޔަށްދާއިރު ބައިނަލްއަގުވާމީ އިދާރާތުން އުފައްދާ ސުވާލުތަކެއް ހުރިކަމަށެވެ. އެގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ ނަން ސައީދު ފާހަގަކުރެއްވިއެވެ. އަދި އެކަމާއި ގުޅޭގޮތުން އައި.އެމް.އިން ބުނެފައި ހުރި ވާހަކަތަކަށް ސައީދު ވަނީ ވަނީ އަލިއަޅުވާލައްވާފައެވެ. 

" އައި.އެމް.އެފް ގެ އެންމެ ވަރުގަދަ ރިކޮމެންޑޭޝަންއަކީ ރައްޔިތުންގެ ޖީބުން ނުވަތަ ރައްޔިތުންގެ އާމްދަނީއިން، އިތުރު ޓެކްސްއެއް މިވަގުތު ނަގައިގެން ނުވާނެކަމަށް، ސަރުކާރުގެ ޚަރަދަށް ސަރުކާރު ޒިންމާ ނުވެ، ސަރުކާރުގެ ޚަރަދު ކުޑަ ނުކޮށް"

މާވަށު ދާއިރާގެ މެމްބަރު ސައީދު

އެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އެކަން އެފަދަ އިދާރާތަކުން ބަޔާންކުރި ނަމަވެސް ސަރުކާރުން މި ބިލު ހުށައަޅާފައިވާއިރު ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ ދެކޮޅު ޖެހޭ ވާހަކައެއް ނޫންކަމަށެވެ. އަދި މި ކަމަކީ ދުނިޔޭގެ މާލީ އިދާރާތަކުގެ އެންގުންތަކާއި ސީދާ ދެކޮޅަށް ކުރާ ކަމެއްކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. 

ސައީދުގެ ވާހަކައިގައި ވަނީ ސަރުކާރުން ޚަރަދަށް ޒިންމާ ވާނެ ކަމާމެދުވެސް ސުވާލު އުފައްދަވާފައެވެ. އެ މައުލޫގައި ސައީދު ވިދާޅުވީ ޚަރަދަށް ޒިންމާވުމުގެ ގާނޫނު އޮތީ ތަޅުލާފައިކަމަށެވެ. އަދި އެ ގާނޫނުގެ މުހިންމު 3 މާއްދާއެއް ސަސްޕެންޑުކޮށްފައި އޮންނަތާ ތިން އަހަރު ވެފައިވާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. 

"ފިނޭންސް މިނިސްޓަރުގެ ސިޓީއަކުން، ފިނޭންސް މިނިސްޓަރު މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީއަކުން ގާނޫނެއް އެ އޮތީ ސަސްޕެންޑުކޮށްފައި، އެ ސިޓީ އައި ދުވަހުވެސް ރިޔާސަތުން އެންގި، ޚާއްސަ ހުއްދައެކޭ މި ދެނީ ކުޑަ ދުވަސްކޮޅަކަށް، އެކައުންޓަބަލް ވާ އުސޫލުން، އެހެން ނަމަވެސް 1 އަަހރު ދިޔައީ، 2 އަހަރު ދިޔައީ 3 ވަނަ އަހަރު ދަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނު އެ އޮތީ ސަސްޕެންޑުކޮށްފައި"

މާވަށު ދާއިރާގެ މެމްބަރު ސައީދު

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށައެި ހުށައެޅުމަކީ ބައިނަލް އަގުވާމީ މާލީ އިދާރާތުގެ އެންގުމާއި ދެކޮޅަށް ހުށައަޅާފައިވާ އިސްލާހެއްކަން ތަކުރާރުކޮށް ފާހަގަކުރައްވާ ސައީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

އަދި ސަރުކާރުގެ ޚަރަދުތައް ކުޑަ ނުކޮށް، ސަރުކާރު ހިންގުމަށް ރައްޔިތުން އަތުން ނަގާ ޓެކްސް އިތުރު ކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫންކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ