ހަބަރު
25 Sep 2022
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި އެކު ސޮއެ ކޮށްފިއެވެ.
25 Sep 2022
އަޒުހާން އެރި ޓެކްސީ ދެނެގަނެވިއްޖެ، އެންމެ ފަހުން ފެނުނީ ރެޑްބުލް ދަނޑު ސަރަހައްދުން: ފުލުހުން
މި މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒުހާން، 27، އެ ދުވަހު އެރި ޓެކްސީ ދެނެގަނެވިފައިވާ ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
25 Sep 2022
މަސްދަރު ހާމަކުރާ މާއްދާ އުވާ ނުލައި، ހެއްކާ ބެހޭ ގާނޫނު އިޞްލާޙުކުރަނީ!
ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ވަކި ޙާލަތްތަކެއްގައި ހާމަކުރުމަށް ހެއްކާބެހޭ ޤާނޫނުގައި ލާޒިމްކުރާ މާއްދާ އުވާ ނުލައި އެ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްތުކޮށްފައިވާ ކަމަށް އެޓާރނީ ޖެނެރަލްގެ އޮފީސް (އޭޖީ) ބުނެފިއެވެ.
25 Sep 2022
ބައެއް "މީހުންނަކީ ޟަރޫރަތްތައް ބަދަލުވުމުން އިޚްލާސްތެރިކަން ބަދަލުވާ މީހުން"
ވެރިކަމަށް ފައި ނަންގަވައިގެން ތިއްބެވި ބައެއް ބޭފުޅުން ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު ސިފަކުރެއްވީ އެއީ އެމީހުންގެ ޟަރޫރަތްތަކާއެކު އެމީހުންގެ އިޚްލާސްތެރިކަންވެސް ބަދަލުކުރާ އެއްވެސް ބަޔަކަށް އިޚުލާސްތެރިކަމެއް ނުބާއްވާ ބައެއްގެ ގޮތުގައެވެ.
25 Sep 2022
ފުލުހުން ބިދޭސީއަކަށް އަނިޔާކުރި ކަމަށް ބުނެ ތަހުގީގު ހިންގީ ގާނޫނާ ޚިލާފަށް
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލާގައި ފުލުހުންތަކެއްގެ މައްޗަށް ފުލުހުން އަމިއްލައަށް ތަހުގީގު ހިންގީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
25 Sep 2022
އެއްޖިންސުން ގުޅުން ހިންގުމުގެ އަދަބު ކުޑަކުރުން ޝަމީމް ދިފާއުކޮށްފި!
އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވާ މީހުންގެ އަދަބު ކުޑަ ކަމާއި މެދު ޢާއްމުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، ކުށް ކުރާ މީހުންގެ އަދަބު ކުޑަ ކުރުމަކީ އައު ކަމެއް ނޫން ކަމަށް ބުނެ އެކަން ދިފާއުކޮށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ލިޔުމެއް އާއްމު ކުރައްވައިފިއެވެ.
25 Sep 2022
އަލަމްގިރު ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރި މީހުން ހައްޔަރުކޮށްފި!
އެތައް ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގުމަށްފަހު އެ މަންޒަރުތައް ވީޑިއޯ ކުރި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރްގެ އެ ވީޑިއޯތައް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރި މައްސަލާގައި 5 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
25 Sep 2022
ޖަމިއްޔަތުއް ސަލަފްގެ ރިޙްލާ މި އޮކްޓޯބަރ މަހު ރ.އަތޮޅުގައި!
ދީނީ ހޭލުންތެރިކުރުމުގެ ޙަރަކާތްތަކުގެތެރެއިން ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ހިންގާ އެންމެ ބޮޑު އެއް ޙަރަކާތްކަމުގައިވާ "ސަލަފްރިޙްލާ" ގެ ހަތްވަނަ ޕްރޮގްރާމް މިފަހަރު ރ.އަތޮޅުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.