27 Aug 2022
ރައްޔިތުން އުއްމީދު ނުކުރާފަދަ ތަރައްޤީ މި ސަރުކާރުން ގެނެސްދީފި: ރަތްމަންދޫ ކައުންސިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރުން ރަތްމަންދޫގެ ރައްޔިތުން ކުރިން އުއްމީދު ނުކުރާވަރުގެ ތަރައްޤީއެއް ގެނެސްދީފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ރަތްމަންދޫ ކައުންސިލް މިފަދައިން ބުނެފައިވަނީ އެކައުންސިލާ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަތްމަންދޫގެ ތަރައްޤީއަށް ހިންގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ހުރި ދަތިތަކާއި ގުޅޭ ގޮތުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.