ހަބަރު
30 Aug 2022
ސިފައިންގެ އާއި ގުޅުމުގެ ފުރުސަތު
ސިފައިންގެ ވަޒީފާއަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
29 Aug 2022
ސަރުކާރާއި ދެކޮޅަށް ސްޓޭޓު މިނިސްޓަރަކު ޓްވީޓުކުރުމަށްފަހު ޑިލީޓުކޮށްލައިފި
ކިންގު ސަލްމާނު މިސްކިތުގެ ނަމާދުކުރާ ބައިގައި ގުރުއާން ހިތުދސް ކުރުމުގެ ކްލާހެއް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ދީފައިނުވާތީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި އިލްޔާސް ޖަމާލު ސަރުކާރަށް ފާޑުވިދާޅުވެ ޓްވީޓުކުރެއްވުމަށްފަހު ޑިލީޓުކޮށްލައިފިއެވެ.
29 Aug 2022
ޖުމްހޫރީ ބާޓީއިން ގައުމީ ޖަލްސާ ބާއްވަން ތައްޔާރުވަނީ
ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ނުވަތަ ގައުމީ ކޮންފަރެންސް މިއަހަރުގެ ޑިސެމްބަރު މަހުގައި ބޭއްވުމަށް ވާން ޖެހެ ތައްޔާތީތައް ޕާޓީގެ ސެކްރެޓޭރިއޭޓުން ފަށައިފިއެވެ.
29 Aug 2022
ފިޝަރީސް މިނިސްޓަރު މަޖިލީހުގައި އތުރުފުޅު ހެއްދެވިކަމަށް ތުހުމަތުކޮށްފި
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ދަށުން ހިންގާ ހޮރައިޒަން ފިޝަރީސްގެ ދިފާއުގައި ޖޭޕީގެ ސްލޮޓެއްގައި ފިޝަރީސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ ޑރ. ހުސެއިން ރަޝީދު މަޖިލީހުގައި އިތުރުފުޅުހެއްދެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނު ތުހުމަތުކުރައްވައިފިއެވެ.
28 Aug 2022
މިނިވަންކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިޔާގެ ނުފޫޒު: ޝިޔާމް
ދިވެހިރާއްޖޭގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިޔާގެ ނުފޫޒު އިމެއް، މިނެއްނެތި އޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.
28 Aug 2022
އަލަމްގިރް ފުލުހަށް ދިން ބަޔާން ލީކުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހިމެނޭހެން ގިނަބަޔަކާއި އެކު އެއްޖިންސުން ގުޅުންހިންގި އަލަމްގިރް ފުލުހަށް ދިން ބަޔާން ލީކުވެއްޖެއެވެ.
28 Aug 2022
ފެނަކައިން މަކުނުދޫ ޕިކަޕު ޑްރައިވަރުންނަށް ކުލި ނުދައްކާ!
ފެނަކައިން ހދ.މަކުނުދޫ ޕިކަޕު ޑްރައިވަރުންނާއި، ލޯންޗް ތަކަށް ކުލި ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
28 Aug 2022
ދައުލަތުން ގެއްލުވާލި ދެ ބިލިއަނެއްހާ ރުފިޔާ އަދިވެސް ނުލިބޭ: އަމީރު
ދިވެހި ދައުލަތުން ގެއްލުވާލާފައިވާ ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 1.9 ބިލިޔަން ރުފިޔާ މިއަދާ ހަމައަށްވެސް ލިބިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.