05 Sep 2022
ސިޓީ ކައުންސިލަށް އޮތީ ސަރުކާރުން ދައްކާ ބިމެއްގައި ޕާކިންޒޯނު ހެދުން
ފުރަމާލޭގައި ދުއްވާއެއްޗެހި ޕާކުކުރުމަށް ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ދައްކާ ބިންތަކުގައި އެފަދަ ޒޯނުތަކެއް ހެދުމުގެ މަސައްކަތްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
05 Sep 2022
ގްރީން ޓެކްސްފައިސާ ތިމާވެއްޓަށް ނޫންގޮތަކަށް ޚަރަދުނުކުރުމަށް ގޮވާލައިފި
ގްރީން ޓެކްސްއަކީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް، ނުވަތަ ތިމާވެށި ހިމާޔަތްކުރުމަށް ނަގާ ޓެކްސްއެއްކަމަށްވާއިރު، އެ ޓެކުހުން ލިބޭ އާމްދަނީ އެ ނޫންކަންކަމަށް ބޭނުންކޮށްގެން ނުވާނެކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ.
05 Sep 2022
ގްރީން ޓެކްސްގެ ގެއްލުނުބައި އަލުން ނެގުމަށް ގާނޫނައި ނުހެމޭނެކަމަށް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އޮޅިވަޑައިގެން ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރެއްވުމާއި ގުޅިގެން މި މުއްދަތުގެ ތެރޭގައި ދައުލަތަށް ގެއްލުނު ގްރީން ޓެކްސްގެ ފައިސާ އަލުން އަނބުރާ ހޯދުމަށް މިހާރު ހުށައަޅާފައިވާ އިސްލާހުގައި ނުހިމެނޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
05 Sep 2022
ދައުލަތުގެ ރިޒާވުގައި ދެމަސް ދުވަހުގެ ކާޑު ގަނެވޭވަރަށްވެސް ނެތްކަމަށް ވިދާޅުވެއްޖެ
ދައުލަތުގެ ރިޒާވްގައި ދެމަސް ދުވަހު ކާޑުގަނެވޭނެވަރަށްވެސް ފައިސާ ނެތްކަމަށް މަޖިލީހުގެ މާވަށުދާއިރާގެ މެމްބަރު އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
05 Sep 2022
ސަރުކާރުން 2023އަށް ފައިސާ ޖަމާކުރާކަމަށް ވިދާޅުވެއްޖެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ އެކި ދިމަދިމާލުގައި ހުރި ފައިސާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަންނަންވާއިރަށް އެއްކުރުމަށްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
05 Sep 2022
އިޖްތިމާއީ އަދާލަތު ގެއްލިފައިވާކަމަށް ވިދާޅުވެއްޖެ
ދިވެހިރާއްޖޭގައި މުއްސަދިންނާއި، ފުދުންތެރިކަން ދަށް މީހުންގެ ފަރަގުު ބޮޑުވެ އިޖުތިމާއީ އަދާލަތު ގެއްލިއްޖެކަމަށް މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެެއެވެ.
04 Sep 2022
އައިއޭސީ އިން ޕާކިސްތާނުގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީވަނީ
ޕާކިސްތާނަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންޓަރ ނޭޝަނަލް އެއިޑް ކެމްޕެއިން އިން އެހީތެރިވާން ފަށައިފިއެވެ.
04 Sep 2022
ބުރިޖު ހައިވޭގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ސިނަމާލެ ބުރިޖު ހައިވޭގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.