ޝިޔާމު މަޖިލީހުގައި ވާހަކަދައްކަވަނީ... ފޮޓޯ: މަޖިލިސް
ހަބަރު
05 Sep 2022 | 10:05
ސަރުކާރުން މަސައްކަތްކުރަނީ ދިމަދިމާލުގައި ހުރި ފައިސާ 2023އަށް އެއްކުރަން: ޝިޔާމު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު މަސައްކަތްކުރަމުންދަނީ އެކި ދިމަދިމާލުގައި ހުރި ފައިސާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަންނަންވާއިރަށް އެއްކުރުމަށްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ އާމްދަނީއަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް ރައީސް ސޯލިހު ތަސްދީގުކުރެއްވި ތްއަރިޒަމާއި ބެހޭ ގާނޫނަށް އަލުން އިސްލާގެނައުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު، އެ ބިލަށް ބަހުސްކުރައްވަމުން ޝިޔާމު ވިދާޅުވީ އެއީ ކަނޑައެޅިގެން ސަރުކާރުން ކޮރަޕްޝަން ހިންގުމަށް ކުރިކަމެއްކަމަށެވެ. 

އޮޅިގެންކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޓުއަރިޒަމާއި ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ފާސްކުރުމާއި ގުޅިގެން ދައުލަތަށް 600 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށެވެ. 

"މީ ހަމަ ސީދާ ވައްކަންކުރަން ގެނައި އިސްލާހެއް ފުރަތަމަ. ެކަމަކު މިހާރު މީގަ ބޮލަށް އަރައިފި. ވެހިރާއްޖޭގައި ތިބި ބައެއްކަހަލަ ލޯފާމްތަކާއި، މީރާއިންވެސް މިކަމުގެ ވާހަކަދައްކާތީ އަނެއްކާ މީތި ރަނގަޅު ކޮށްލަން މި ގެނައީ. 600 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ" ޝިޔާމު ވިދާޅުވިއެވެ. 

އޭގެ އިތުރުން އަމީނީ މަގު ހެދުމުގެ މަސައްކަތް ސިޓީކައުންސިލްގެ އަތުން އަތުލާ، ޕްލޭނިން މިނިސްޓްރީއިން އާރުޑީސީއަށް ދީފައިވަނީވެސް ކޮރަޕްޝަންއަށް ދައުލަތަށް ބޮޑު ގެއްލުމެއްވާގޮތަށްކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި އެ މަސައްކަތަކީ ކަނޑައެޅިގެން ކޮރަޕްޝަންގެ ތެރެއިން ހިންގާ މަޝްރޫއެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. 

"އަމީނީ މަގު ހަދަން މާލޭ ސިޓީކައުންސިލުން 37 މިލިއަން ރުފިޔާއަށް ދިނީފައި ގޯސްވެއްޖެ ސަރުކާރަށް، ގޯސްވެގެން އެ އެގްރިމަންޓު ތާމިނޭޓު ކުރުވައިފި. ދެން ޕްލޭނިން މިނިސްޓްރީއިން މި ހަވާލުކުރީ އާރުޑީސީއަށް ކިހާވަރަކަށްތޯ؟ 84 މިލިއަން ރުފިޔާއަށް. އަޅުގަނޑު ހިތަށް އަރާ ރަނުންބާއޭ މަގު ދަމާލަނީ؟" ސައީދު ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ ސަރުކާރުން ވައްކަން ކުރުމުގައި ހައްދުން ނައްޓާފައިވާއިރު، ދައުލަތުގެ މާލިއްޔާއިން ވައްކަންކޮށް، ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކޮރަޕްޝަން ހިންގަނީ އެކި ދިމަދިމާލުގައި ހުރި ފައިސާ 2023 ގެ ރިޔާސީ އިންތިޚާބަށް އެއްކުރުމަށްކަމަށެވެ. 

"ދިމަދިމާލުގައި ހުރި ފައިސާ 2023ގެ ރިޔާސީ އިންތިޚާބަށް ބޭނުންކުރަން މަސައްކަތް މިކުރަނީ" ޝިޔާމު ވިދާޅުވިއެވެ. 

ޝިޔާމުގެ ވާހަކައިގައިވަނީ ރައީސް ސޯލިހު ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ޚިޔާނާތް ވެފައިވާކަން ފާހަގަކުރައްވާފައެވެ. 

އެގޮތުން ވެރިކަމަށް ވަޑައިގެން ސެޓަލްމަންޓު ކޮމެޓީއެއް ހައްދަވާ ގާތް މީހުން މިލިއަނުން ފައިސާ ބަހާފައިވާއިރު، އެކަމަކީ ގޯހުން ހިނގާފައިވާކަމެއްކަން މިހާރު އެމްޑީޕީއިން ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައިވެސް ރައީސް ސޯލިހު ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

އެކަންކަން ފާހަގަކުރައްވާ ޝިޔާމު އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރާ ވައްކަންތައް ބެލުމުގެ ޒިންމާ މަޖިލީހުގެ ކޮނޑުގައިވެސް އެޅިފައިވާކަމަށެވެ. އެމްޑީޕީ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮވެ، ސަރުކާރުގެ ވައްކަންތައް ނުހުއްޓުވޭނަމަ، ނުވަތަ އެކަމަށް ސަރުކާރު ޒިންމާދާރު ނުކުރެވޭނެ އެކަމުގެ ފުރިހަމަ ޒިންމާ މަޖިލީހުގެ ރިޔާސަތުން ނަންގަންވަން ޖެހޭކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ