ވަހީދު މަޖިލީހުގައި ވާހަކަދައްކަވަނީ... ފޮޓޯ: މަޖިލިސް
ހަބަރު
05 Sep 2022 | 12:44
ގްރީން ޓެކްސް ފައިސާ ޚަރަދުކުރަންވާނީ ތިމާވެއްޓާއި ގުޅުންހުރި ކަންކަމަށް އެކަނި: ވަހީދު

ގްރީން ޓެކްސްއަކީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް، ނުވަތަ ތިމާވެށި ހިމާޔަތްކުރުމަށް ނަގާ ޓެކްސްއެއްކަމަށްވާއިރު، އެ ޓެކުހުން ލިބޭ އާމްދަނީ އެ ނޫންކަންކަމަށް ބޭނުންކޮށްގެން ނުވާނެކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު(ވައްޑެ) ވިދާޅުވެއްޖެއެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ޓުއަރިޒަމާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ ގްރީން ޓެކްސްގެ ނަމުގައި ޓެކުހެއް ތައާރަފްކުރީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ގުދުރަތީ ވަސީލަތްތަކާއި ގުޅިފައިވާ ސިނާއަތަކަށްވުމުން، ތިމާވެށި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާތީ، އެކަމަށް ޚަރަދުކުރުމަށް ފައިސާ ހޯދުމަށްކަމަށެވެ. 

"ގްރީން ޓެކްސް މި ނަގަނީ، ދިވެހިރާއްޖޭގެ ތިމާވެއްޓަކީ އޭގެ މަތީގައި އަޅުގަނޑުމެންގެ މުޅި އިގްތިސާދާއި އަޅުގަނޑުމެންގެ ހުރިހާކަމެއް ބިނާވެފައި އޮތް އެތިކަމަށް ވާއިރު، ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް އޭގެ ނާޒުކުކަން އިންތިހާއަށް ހުރިއިރުގައި އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެން އެކަމަށްޓަކައި އަޅުގަނޑުމެން ފަންޑެއް އެކަށައަޅަންވެގެން ނަގަން ފެށި އެއްޗެއް ގްރީން ޓެކްސް އަކީ" ވަހީދު ވިދާޅުވިއެވެ. 

ވަހީދުގެ ވާހަކައިގައި ވަނީ ގްރީން ޓެކްސް އޮޅުވާނުލުމަށް އެދިވަޑައިގަންނަވާފައެވެ. ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޓެކްސް ބަހަން ޖެހޭ ވާހަކަ މެމްބަރުން ފާހަގަކުރެއްވި ނަމަވެސް، ގްރީން ޓެކްސްއިން ޚަރަދުކުރަންވާނީ ތިމާވެއްޓާއި ގުޅުންހުރި ކަންކަމަށް އެކަނި ކަމަށް ވަހީދު ވިދާޅުވިއެވެ. 

ވަކިން ޚާއްސަކޮށް، ރަށްރަށުން ޓެކްސްދައްކާނަމަ، އެރަށެއްގެ ތިމާވެެށި ހިމާޔަތްކުރުންފަދަ ކަންކަމަށް ޚާއްސަ އިސްކަމެއް ދެވެންވާނެކަންވެސް ވަހީދު ފާހަގަކުރެއްވިއެވެ. 

"ރަށެއްގައި ޚިދުމަތްދޭ ގެސްޓު ހައުސްއަކުން ވިޔަސް، ހޮޓަލަކުން ވިޔަސް ދި ހޯމް ސްޓޭ ތަނަކުންވިޔަސް، އެ ރަށެއްގައި އެދޭ ޚިދުމަތަކުން އެ ރަށެއްގައި ހިންގާ ތަނަކުން ވެއްޓަށް ލިބިދާނެ ގެއްލުމަކަށްޓަކައި ނޫނީ ނުވަތަ ވެށީގެ ކަންކަން ބެލެހެއްޓުމަށްޓަކައި ނޫނީ، ބޭނުން ނުކުރެވޭނެ. މިހެން ނަގާ ޓެކްސް ހަމަ އެއްކޮށް ބޭނުންކުރަން ޖެހޭނީ ތިމާވެށީގެ މައްސަލަތަކަށް" ވަހީދު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވީ ސަރުކާރުން އެކި ނަންނަމުގައި ތަފާތު ޓެކްސްތައް ނަގަމުންދާކަމަށެވެ. އޭގެ ތެރޭގައި ޖީއެސްޓިއާއި، ޓުއަރިޒަމާއި ގުޅުންހުރި ޓެކްސްތަކާއި އާމްދަނީއިން ނަގާ ޓެކްސްފަދަ އެތައް ޓެކސްއެއް ނަގަމުންދާކަމަށެވެ. 

ސަރުކާރުން ހިންގާ އުމުރާނީ ތަރައްގީގެ މަޝްރުއުތަކަށް އެފަދަ ޓެކްސްތަކުން ޚަރަދުކުރެވިދާނެކަމަށް ވަހީދު ވިދާޅުވިއެވެ.  

"ކޮންމެ ރަށެއްގެ ކުނީގެ މައްސަލަ އޮތީ އިންތިހާއަށް. ވިއްސާރަވެއްޖެއްޔާ ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުން ކަހަލަ މައްސަލަތައް މިދަނީ އިންތިހާއަށް. އުދައެރުމުގެ މައްސަލަ ދަނީ އިންތިހާއަށް. ގުދުރަތީ ކަންކަން ދިމާވަނީ ކުރިއާލާ އެނގުމަކާއި ލައިގެނެއް ނޫން. އެހެންކަމުން އެކަހަލަ ކަމެއް ހިނގާއިރު، އެކަމަށްޓަކައި ހޭދަކުރެވޭނެ ފަންޑެއް އޮތުން އެއީ ބޭނުންތެރިކަމެއް: ވަހީދު ވިދާޅުވެއްޖެއެވެ. 

ވަހީދު ވިދާޅުވީ ވަކި ނަމެއްގައި، ޓެކްސް ނެގުމަށްފަހު އެހެންކަންކަމަށް ހޭދަކުރުމަކީ އޭނާ ގަބޫލުކުރައްވާގޮތުގައި ރައްޔިތުންނަށް އޮޅުވާލުންކަމަށެވެ. 

އެހެންނަމަވެސް ވަކި ޚާއްސަ މަގްސަދެއްގައި ރައްޔިތުންގެ އަތުން ޓެކުހެއް ނަގާނަމަ، އެނޫން އެއްވެސް ބޭނުމަކަށް އެއިން ހޭދަކޮށްގެން ނުވާނެކަން ތަކުރާރުކޮށް ވަހީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެއީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުންވެސް އަަމަލުކުރަމުން އަންނަ ގޮތްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ