ސައީދު މަޖިލީހުގައި ވާހަކަދައްކަވަނީ... ފޮޓޯ: މަޖިލިސް
ހަބަރު
05 Sep 2022 | 10:49
ދައުލަތުގެ ރިޒާވްގައި ދެމަސް ދުވަހު ކާޑު ގަނެވޭވަރަށްވެސް ފައިސާއެއް ނެތް: ސައީދު

ދައުލަތުގެ ރިޒާވްގައި ދެމަސް ދުވަހު ކާޑުގަނެވޭނެވަރަށްވެސް ފައިސާ ނެތްކަމަށް މަޖިލީހުގެ މާވަށުދާއިރާގެ މެމްބަރު އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. 

ސައީދު މިފަދައިން ވިދާޅުވީ މަޖިލީހުގެ ތިންވަނަ ދައުރުގެ އަށްވަނަ ޖަލްސާގައި ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ބަހުސްކުރައްވަމުންނެވެ. 

ސައީދުގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ސަރުކާރުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި އުފެއްދެވި ސޮވްރިން ދޮވެލޮޕްމަންޓު ފަންޑަށް އިހުމާލުވެފައިވާކަމަށް ވިދާޅުވެފައެވެ. އެއާއެކު އޭނާ ވަނީ ދައުލަތުގެ ރިޒާވް ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވާކަންވެސް ހާމަކުރައްވާފައެވެ. 

"22 ޖުލައި އާ ހިސާބުގައި ގްރޮސް އިންޓަރނޭޝަނަލް ރިޒާވް 728 މިލިއަން ހުރިކަމަށް ޚަބަރު ލިބިފައި، ހަމަ މިހާރު އަޅުގަނޑުމެންނަށް މި އެނގެނީ 446 މިލިއަން ޝޯޓްޓާމް ލައިބިލިޓީސްގައި ހުރިކަން. ދަންނަން މި އުޅެނީ ދެމަސް ދުވަހުގެ ކާޑު ގަނެވޭވަރަށް މިއަދު ފައިސާ ނެތް. 282 މިލިއަން ޔޫސަބަލް ރިޒާވްގައި ހުރީ" ސައީދު ވިދާޅުވިއެވެ. 

ދައުލަތުގެ ރިޒާވްއާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ސައީދު ވަނީ ރިޒާވްއަށް ވަމުންދާ ގޮތް ބެލުމަށް މަޖިލީހުން ކުއްލި ސެޝަނެއް ބޭއްވުމަށް ގޮވާލައްވާފައެވެ. 

އަދި ރިޒާވް މިހާބޮޑަށް ދަށްވެގެން ދިއުމުގައި އިހުމާލު އޮތް ފަރާތްތައް ހޯދާ، އެކަމުގެ ޒިންމާ އުފުަންޖެހޭ ފަރާތްތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް މަޖިލީހުން ކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ. 

އޭނާ އިތުރަށް ވިދާޅުވީ، މިހާލު ރައްޔިތުންނަށް ޖެހުނީ އެމްޑީޕީގެ ވެރިކަމެއްގައިކަމަށެވެ. އިތުރު ޕާޓީތަކާއި ކޯލިޝަން ހަދައިގެން އޮތް ނަމަވެސް، މިއީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރެއްކަމަށާއި، މި ސަރުކާރަކީ އެމްޑީޕީ ސަރުކާރެއް ނޫންކަމަށް ބުނެ ބޯދަމައިގަތުމުގެ ހައްގު އެމްޑީޕީއަށް ލިބިގެން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ