17 Aug 2026
މަޖިލިސް މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސް އުވާލަން ގޮވާލާ ޕެޓިޝަނެއް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުރީގެ މެންބަރުންގެ އިތުރުން އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން ހަމަހަމަ އުސޫލަކުން ސިއްހީ ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.