17 Feb 2025
މޯލްޑިވިއަނުން ހައްޖުވެރީން އުފުލަން ފެށުން، ހައްޖަށް ގެންދާ އަގު ކުޑަކުރުމުގެ ފެށުމެއް!
މޯލްޑިވިއަންއާއެކު ވެވުނު އެއްބަސްވުމަކީ ހަރަދު ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވި އެވެ.
17 Feb 2025
ބޮޑު ދެ މިސްކިތުގެ އިމާމުންގެ ގޮތުގައި ޒުވާނުން ފެނުމަކީ އުފަލެއް: ސޮބާ
އޭނާ ވަނީ އެ މަސައްކަތުގެ ފަހަތުގައި އޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މިނިސްޓަރާއި މުވައްޒިފުންގެ މަސައްކަތް ފާހަގަ ކުރަައްވާފަ އެވެ.
17 Feb 2025
އީސީގެ ރައީސާއި ނައިބު، ރައީސް އައްޔަން ކުރުމަކީ މައްސަލައެއްނޫން
އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ދިނުމަކީ މައްސަލައެއް ނޫން ކަމަށާ އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
17 Feb 2025
ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިވާތީ، މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި
ރައްޔިތުން މަޖިލީހުގެ އިްޒަތްތެރި މެމްބަރުންނަށް ލިބިދީފައި އޮންނަ ހެލްތް އިންޝުއަރަންސް ނިޒާމުގެ ތެރެއިން ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ކަންކަން ކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހެކަމަށް ވިދާޅުވެ މަޖިލީހުގެ އާއްމު ކޮމިޓީގައި މިއަދު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
17 Feb 2025
ފިލިޕީންސްއާއެކު ކުރިއަށްދަނީ ތައްޔާރީ ހާލަތުގައި ތިބުމަށް ބާއްވާ ބާއްވާ ތަމްރީނުތަކެއް: އެމެރިކާ
ފިލިޕީންސްއާއެކު އެމެރިކާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ ތަމްރީނުތަކަކީ އަތުވެދާނެ ހަމަލާއަކުން ރައްކާތެރިވުމަށް ތައްޔާރުވުމަށް ތިބުމަށް ބާއްވާ ތަމްރީނުތަކެއް ކަމަށް އެމެރިކާއިން ބުނެފިއެވެ
17 Feb 2025
ބ. މާރިކިލުން މަސްތުވާތަކެއްޗާއެކު ނުވަ މީހުން ހައްޔަރުކޮށްފި!
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފިއެވެ.
17 Feb 2025
ރަމަޟާން މަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީވާން ބޭނުންތަ؟
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް "އާބާތުރަ 1446" ގެ ނަމުގައި އެހީ ޖަމިއްޔާއިން ކުރިއަށް ގެންދާ ޕްރޮޖެކްޓަށް އެހީވުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ.
17 Feb 2025
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ މައްސަލައިގެ އަޑު އެހުން ފަށައިފި
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ނުވަތަ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުރެ ޕާޓީ ބަދަލުކުރުމުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު ފަށައިފިއެވެ.