04 Oct 2024
މާލެސިޓީގެ އާސަހަރާ މިސްކިތާއި، ހިނަވާގެ ރަސްމީގޮތުން ހުޅުއްވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ތަރައްޤީކުރަން ފެށްޓެވި މާލެސިޓީގެ އާސަހަރާ މިސްކިތާއި ހިނަވާގެ ރަސްމީގޮތުން މިއަދު އެމަނިކުފާނު ހުޅުވައިދެއްވައިފިއެވެ.
04 Oct 2024
ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފި
ފުޓްބޯޅަ އެސޯސިއޭޝަންގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމް އަދީލް ޖަލީލުގެ 2 އެޕާޓްމަންޓް މިމަހުގެ 6 ވަނަދުވަހުގެ ކުރިން ފުލުހުންނާއި ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
04 Oct 2024
ބްރޯޑްކާސްޓަރުންގެ އަމާޒަކަށް ވާންވާނީ، ޤައުމުގެ ޙައްޤުގައި ވަކަލާތުކުރުން
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ، ދިވެހިރާއްޖެއާއި ދިވެހި ޤައުމުގެ ޙައްޤުގައި ވަކަލާތުކުރުންކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
03 Oct 2024
ޕާކިން ސްލޮޓް ގަންނަ ފަރާތްތަކަށް، ވިއްކާލުމުގެ ފުރުސަތު އޮންނާނެ: ފަޒުލް
ޕާކިން ސްލޮޓް ބަައްލަވައިގަންނަވާ ފަރާތްތަކުން، ބޭނުންވެއްޖެ ހާލަތެއް އެސްލޮޓްތަށް ވިއްކާލުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވިދާލުވެއްޖެއެވެ.
03 Oct 2024
ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފި
އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފިއެވެ.
03 Oct 2024
ޗާގޯސްގެ ފުރިހަމަ މިނިވަންކަން މޮރިޝަސްއަށް ދޭން އިނގިރޭސިން އެއްބަސްވެއްޖެ
ޗާގޯސްގެ މިނިވަންކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.
03 Oct 2024
ރޮބޯމޭންގެ ފަހުދެ ޝޯ، މާދަމާ އާއި އޭގެ އަނެއްދުވަހު
03 Oct 2024
ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އެޅުމަށް އެޗްޑީސީން ޓްރާންސްޕޯޓާއެކު އެމްއޯޔޫގައި ސޮއިކޮށްފި
ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގ އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ސޮއިކޮށްފިއެވެ.