02 Oct 2024
ޑިވެލޮޕްމެންޓް ބޭންކްގެ ލައިސަންސް މި ހަފްތާ ތެރޭ ދޫކުރަނީ
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމަށްޓަކައި ބޭނުންވާ ލައިސަންސް މި ހަފްތާ ތެރޭ ދޫކުރެވޭނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
02 Oct 2024
ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ އިގްތިޞާދަށް މުހިންމު ކަމެއް: މުއްތަލިބް
ބޭންކިން ނިޒާމުގައި ޑޮލަރު ހިފެހެއްޓުމަކީ ރާއްޖޭގެ އިގްތިޞާދަށް ވަރަށް މުހިންމު ކަމެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
02 Oct 2024
މެކްސިކޯގެ ފުރަތަމަ އަންހެން ރައީސާއަށް، ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ
މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އެޤައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ކްލައުޑިއާ ޝެއިންބައުމްއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
02 Oct 2024
ސީޕްލޭން ވިޔަފާރި ފުޅާކުރަން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަނީ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށް، މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ޚިދުމަތް ދިނުމަށްޓަކައި، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
02 Oct 2024
މިސައިލްތަކުން ދިފާއުވާ ނިޒާމް ފޫއަޅުވާލައި، އީރާނުން އެމެރިކާ އާއި އިޒްރާއީލް ސިއްސުވާލައިފި
އެމެރިކާގެ އަގުބޮޑު މިސައިލްތަކުން ދިފާއުވާ ނިޒާމް ފޫއަޅުވާލައި، އީރާނުން ތެލްއަވީވް ތެރެއަށް ފޮނުވާލި މިސެއިލްތަކާއެކު އެމެރިކާ އާއި އިޒްރާއީލަށް ކުއްލި ސިހުމެއް ލިބިއްޖެއެވެ.
01 Oct 2024
ޓޫރިޒަމް ވިޔަފާރިތަކުން ބޭންކަށް ޑޮލަރު މާރުކުރުން ލާޒިމްވާ އުސޫލެއް ގާއިމްކޮށްފި
ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ތެރެއިން ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް އުސޫލެއް އެކުލަވާލައިފިއެވެ.
01 Oct 2024
ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމިއޮންނާނެ: ޝާހިދު
ދިވެހިރާއްޖޭގެ ތަރައްޤީގެ ފުރިހަމަ ބައިވެރިއެއްގެ ގޮތުގައި ޗައިނާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ކުރީގެ ހާރިޖީވަޒީރު، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
01 Oct 2024
ހިޔާ ފުލެޓް 7 އަދި 11 އިން މިރޭގެ ވަގުތެއްގައި ފެނުގެ ޚިދުމަތް މެދުކެނޑޭނެ
ހުޅުމާލޭ ހިޔާ ފުލެޓް 7 އަދި 11 ގެ ބައެއް ފަންގިފިލާތަކުން މިރޭގެ ވަގުތެއްގައި ފެނުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.