27 Sep 2024
ވީއައިއޭގެ އާ ޓާމިނަލް ޑިސެމްބަރުގައި ބޭނުންކުރަން ފެށޭނެ: ފައިސަލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
27 Sep 2024
އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ރާއްޖެ ބާރުގަދަ ވާންޖެހޭ
އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2024
މަސްތުވާތަކެތި ހުރި ސެލޯފިން ކޮތަޅުތަކެއް މަގުމައްޗަށް އުކާލި މީހަކު ހައްޔަރަށް
މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ސެލޯފިން ކޮތަޅުތަކެއް މަގުމައްޗަށް އުކާލި މީހަކު ހައްޔަރުކޮށްފިއެވެ.
26 Sep 2024
ޕީއެސްއެމްގެ ތިޖޫރީން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައި: އޮޑިޓް
ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ޑޮލަރުގަތުމަށް ނެގި ފައިސާ އާއި، އާމްދަނީގެ ގޮތުގައި ލިބިފައިހުރި ފައިސާގެ ތެރެއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވީއެއްނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
26 Sep 2024
އެމްޑީޕީގެ އެކި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
އިދިކޮޅު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެ ޕާޓީގެ ބައެއް މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ. މި ކަން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވެއެވެ.
26 Sep 2024
ރައީސް އަވަހާރަ ކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލަ ކުށްވެރިކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު އިންޒާރުދިން މައްސަލަ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކުށްވެރިކޮށްފި އެވެ.
26 Sep 2024
ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ގޮވާލައިފި
ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) ގޮވާލައިފިއެވެ.
26 Sep 2024
އެމްއޭސީއެލުން ފަޔަރ ފައިޓަރ ކޯހެއް ކުރިއަށް ގެންގޮސްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލުން) ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ ފަޔާ ފައިޓަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ބޭސިކް ފަޔަރ ފައިޓަރ ކޯހުގެ 29 ވަނަ ބެޗް ނިމިއްޖެެއެވެ.