02 Apr 2024
ފަލަސްތީނުގެ ޝައިޚް މަޙްމޫދު އަލްޙަސަނަތު އިސްލާމީ އުއްމަތަށް ފޮނުއްވި ކުރު މެސެޖެއް
"ފަލަސްތީނުގެ 30،000 ޝަހީދުންނާއި، 70000 ޒަޚްމްވެފައިވާ މީހުންނާއި އަދި 2 މިލިއަން ގެދޮރު ނެތް މީހުންނަށް އުއްމަތް ހޭލައްވާނުލެވޭނަމަ އަޅުގަނޑުގެ ބަސްތަކުން ކުރާނީ ކޮން އަސަރެއް؟ އިތުރަށް ބުނާނީ ކާކަށް ކީކޭ؟" ޝައިޚް މަޙްމޫދު އަލްޙަސަނަތު ވިދާޅުވިއެވެ.
02 Apr 2024
ޒަކާތު ފަންޑުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ނިންމައިފި
ޒަކާތު ފަންޑުން ފަލަސްތީންގެ ޣައްޒާއަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
01 Apr 2024
ދެ ހަފްތާގެ ރެއިޑަކަށްފަހު އިސްރާއީލު ސިފައިން، ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން ނުކުމެއްޖެ
​​ދެ ހަފްތާގެ އޮޕަރޭޝަނަކަށް ފަހު ނިރުބަވެރި އިސްރާއީލުން، ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި ތިބި ސިފައިން އަނބުރާ ގެންގޮސްފިއެވެ.
01 Apr 2024
ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިން ދެވަނަ ގައުމަކަށް ސައިޕްރަސް
ސައިޕްރަސް އިން ޣައްޒާއަށް ކަނޑުމަގުން އެހީ ފޯރުކޮށްދިފިއެވެ.
01 Apr 2024
ޣައްޒާގެ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލުގައިވެސް މުޒާހަރާ ކުރަނީ
ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލުގެ އާއްމުންވެސް މުޒާހަރާ ކުރަން ފަށައިފިއެވެ.
01 Apr 2024
ކެނދިކުޅުދޫ ސުކޫލުން ޣައްޒާއަށް އެހީ ފޯރުކޮށްދީފި
ކެނދިކުޅުދޫ ސްކޫލުން ފަލަޞްޠީނުގެ ޣައްޒާގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދީފިއެވެ. ޣައްޒާގައިވާ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއިން ހުޅުވާފައިވާ "ޣައްޒާ އެމަރޖެންސީ ރިލީފް" ފަންޑަށް އެހީވުމުގެ ގޮތުން، ކެނދިކުޅުދޫ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން އިސްނަގައިގެން، 47،670 ރުފިޔާ ހަދިޔާ ކޮށްފިއެވެ.
31 Mar 2024
އައިޔޫއެމްގެ ޕްރެފެސަރުގެ އާއިލާ ރާއްޖެ ގެންނަން އައިއޭސީން އެހީވަނީ!
އައިޔޫއެމްގައި މަސައްކަތް ކުރައްވާ ފަލަސްޠީނުގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ޣައްޒާއިން މިސްރަށް ނެރުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ނިންމައިފިއެވެ.
30 Mar 2024
ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 32،623 އަށް އަރައިފި
އިސްރާއީލުން އދ.ގެ ގަރާރުތަކާ ޚިލާފަށް ޣައްޒާގައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 32.623 އަށް އަރައިފިއެވެ.