ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)
04 Jun 2024
ބިލު ބޭރުކުރިޔަސް ގޯތި ލިބުމަކަށް ހުރަހެއް ނެތް: ޕީއެންސީ
ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ފަރާތްތަކާއި ގޯތި ހަވާލުކުރަންޖެހޭ ކަމަށް ބުނެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރު ކުރީ އެ ބިލުގައި ވަކި ކަމަކަށް ޓާގެޓް ކޮށްފައި އޮތުމުން ކަމަށާއި، މި ކަމުގެ ސަބަބުން ގޯތި ލިބުމަށް ހުރަހެއް ނޭޅޭނެކަމަށް ޕީއެންސީ އިން ބުނެފިއެވެ.
03 Jun 2024
އިދިކޮޅުގެ ކުއްލި މައްސަލަ މި މަޖިލީހުން ބަލައިގަނެފި: ފަލާހު
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް، 19 ވަނަ ރައްޔިތުންގެ މަޖިލީހުން، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ޚައްސާސް މައްސަލަތަކާއި ގުޅިގެން ހުށަހެޅުނު ކުއްލި މައްސަލަތައް ބޭރު ކުރި ކަމަށާ، އެހެން ނަމަވެސް، ޕީއެންސީގެ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުން މަޖިލީހުން އިދިކޮޅުގެ ކުއްލި މައްސަލަ ބަލައިގަނެ ތަފާތު ދައްކާފައިވާ ކަމަށް، ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާޙިމް ފަލާޙް ވިދާޅުވެއްޖެއެވެ.
28 May 2024
މަޖިލިސް ވެގެންދާނީ ރައީސް މުޢިއްޒުގެ ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް
20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ފިޔަވަޅު ހަމަކޮށް ހިނގާނެ މަޖިލީހަކަށް ކަމަށް 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
27 May 2024
އެމްޑީޕީއާއި ޑިމޮކްރެޓުންގެ މައި ހަރުގެ، ޕީއެންސީން ކުއްޔަށް ނަގައިފި
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީ އިން މައި ހަރުގެ ގޮތުގައި ކުރިން ބޭނުންކުރި ހ. ވެޔޮވިލާގޭގެ އިމާރާތް ވެރިކަން ކުރާ ޕީއެންސީ އިން ކުއްޔަށް ނަގައިފި އެވެ.
24 May 2024
ދެން ފެނިގެންދާނީ “އިއްޒަތްތެރި” ކިޔަން ޖެހޭ ކަހަލަ މެންބަރުން
20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ “އިއްޒަތްތެރި” ކިޔަން އެކަށޭނަ މެންބަރުން އުޅޭ މަޖިލީހަކަށް ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.
23 May 2024
ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އަލްސަންވެސް ޕީއެންސީއަށް!
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް އިންތިޚާބުވި މެންބަރު މުޙައްމަދު އަލްސަން އަޙްމަދު މިއަދު ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
19 May 2024
ކުރެންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޝާމިންވެސް ޕީއެންސީއަށް
ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާއަށް އިންތިޚާބުވި މެންބަރު ޝާމިން ހަބީބުވެސް މިއަދު ޕީއެންސީއަށް ސޮއި ކުރައްވައިފި އެވެ.
12 May 2024
އިންތިޚާބަކާ ނުލައި، ށ.ފުނަދޫ ކައުންސިލްގެ އަންހެން މެންބަރަކަށް ޔުމްނާ އިންތިޚާބުވެއްޖެ
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިޢުލާންކުރެއްވި ގޮތުގައި، ޖޫން މަހުގެ 8 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލުމުން، މުއްދަތު ހަމަވީ އިރު ކުރިމަތިލާފާއިވަނީ އެންމެ ކެނޑިޑޭޓެއް ކަމަށެވެ. އެހެންކަމުން ށ.ފުނަދޫގެ އަންހެން މެންބަރަށް ޚާއްސަ ގޮނޑިއަށް ކޮންގްރެސް ޕާޓީން ކުރިމަތިލެއްވި ށ. ފުނަދޫ މާބަގީޗާގެ އާމިނަތު ޔުމްނާ ވަނީ އިންތިޚާބު ވެފައިވާކަމަށް އީސީގެ ބަޔާނުގައި ވެއެވެ.
25 Apr 2024
ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ވިހިވަނަ އިންތިހާބަށް ކެމްޕެއިންކުރުނުގެ ތެރޭގައި ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
25 Apr 2024
ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި މިނިވަން ކެންޑިޑޭޓު ވެސް ޕީއެންސީއަށް
ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް، ކާމިޔާބީ ހޯއްދެވި މުޙައްމަދު ރަޝީދު (ރަޝީދުބެ) ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.