23 Jun 2024
ޕީއެސްއައިޕީ ބަޖެޓް ގެ ދެބައިކުޅަ އެއްބައި ހޭދަކުރާނީ ގެދޮރު ބިނާކުރަން: ރައީސް ޑރ.މުޢިއްޒު
މި ސަރުކާރުން ރައްޔިތުންނަށް ވެފައި އޮތް ބޮޑު ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓްގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހާއްސަ ކުރާ ފައިސާގެ ތެރެއިން 50 އިންސައްތަ ހޭދަކުރާނީ ގެދޮރު ބިނާ ކުރެއްވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.