ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)
21 Apr 2024
ކުރިންވެސް ތަންތަނުގައި ހުޅުޖެހީ އެމްޑީޕީން؛ މި ޕާޓީންނެއް ނޫން: ޕީއެންސީ
މީގެ ކުރިންވެސް ތަންތަނުގައި ހުޅު ޖަހާފައި ވަނީ އިދިކޮޅު އެމްޑީޕީން ކަމަށާ، ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަކީ އެފަދަ ކަންކަން ކުރާނެ ބައެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
20 Apr 2024
މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އެމްޑީޕީއަށް ދެއްކޭކަށް ނެތް: ހީނާ
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ވެރިކަން ނިމުނުއިރު އިޤްތިސާދު އަނދަވަޅަކަށް ވައްޓާލާފައި ވާއިރު، މިސްރާބު ހަމަ މަގަށް އެޅުވުމުގެ ވާހަކަ އިދިކޮޅު އެމްޑީޕީއަށް ދެއްކެން ނެތްކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
20 Apr 2024
އެމްޑީޕީގެ ވެރިކަމުގެ ވަނީ އިސްލާމްދީނުގެ ޙުރުމަތްކަނޑާފަ - ހީނާ
މިއަދު ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނަށް ދޭންޖެހޭ އިޙްތިރާމު ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަމަށެވެ. އެގޮތުން ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
20 Apr 2024
މެމްބަރު ނަޝީދު ގެ ތާއީދު ކެނޑިޑޭޓް އަޝްރަފް އަށް
ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ، މި ފަހަރުގެ މަޖިލިސް އިންތިހާބުގައި އެދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓު އަޝްރަފަށް ތާއީދުކުރައްވައިފިއެވެ.
20 Apr 2024
މާދަމާ ވޯޓްލާއިރު ރައްޔިތުންގެ ކުރިމަތީގައި އޮތީ ކޮން ގޮތެއް؟
ރާއްޖޭގައި މިހާތަނަށް ފެންނަމުން އަންނަ އިންތިޚާބީ ފިލޯސަފީއަށްބަލާއިރު ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިޚާބުގައި އަބަދުވެސް ރައްޔިތުން ވޯޓްލަނީ އެވަގުތަކު ސަރުކާރު ހިންގަން އޮންނަ ޕާޓީއަކަށް ކަމުގައި އޮންނަނީ ގަބޫލުކުރެވިފައެވެ. އެމްޑީޕީން 2008 ވަނަ އަހަރާއި އަދި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ދައުވާކުރީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑީ ސަރުކާރަށް ތާއީދު ކުރުމުން ކަމުގައެވެ.
19 Apr 2024
ޑޮލަރުގެ އަގު އުފުލިގެން އުޅޭ މަންޒަރެއް ދެން ނުފެންނާނެ: ރައީސް
ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އުފުލިގެންދާތަން ދެން ނުފެންނާނެ ކަމަށާ، އޭގެ ބަދަލުގައި ދެން ފެންނާނީ ޑޮލަރުގެ އަގު ތިރިއަށްދާ މަންޒަރުކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
18 Apr 2024
އަޅުގަނޑު ދުޢާއަކީ ރައީސް ޔާމިންއަށް އިންސާފު ލިބި، މިނިވަންވުން
ހައިކޯޓުގައި ތާވަލުކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ހުކުމުގެ އިސްތިއުނާފުގައި އެމަނިކުފާނު މިނިވަންވާނެކަމުގެ އުންމީދު ކުރައްވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
16 Apr 2024
ތަރައްގީއަށް ހުރަސްއަޅާނެ ބަޔަކު މަޖިލީހަށް ގެންނަންޖެހޭ ސަބަބެއް ނެތް
ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއު ތަކަށް ހުރަސް އަޅާ ބަޔަކު މަޖިލީހަށް ހޮވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރުއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.