ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
09 Aug 2023
މި ދައުރުގައި މަހަށް ހަމަ އަގު ނުދެވުނީ ކީއްވެގެންކަން ސާފުކޮށްދީފި!
ވެރިކަމުގެ ފުރަތަމަ ދައުރުގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެކަމަށް ވައުދުވި ނަމަވެސް އެކަން ނުކުރެވުނީ ކޮން ސަބަބަކާއި ހުރެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ސާފުކޮށްދެއްވައިފި އެވެ.
09 Aug 2023
ރައީސް ގެ ޖަލްސާގައި ރަފިއްޔާ އަވަގުރާނަ ގޮވުމުން ހޫނުފެނަށް!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާއެއްގައި، އެމަނިކުފާނާއިއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ނާއިބު ރައީސާ އައިޝަތު ރަފިއްޔާ އަވަގުރާނަ ގޮވުމުން ހޫނުފެނަށް ވެއްޓިއްޖެ އެވެ.
08 Aug 2023
އެމްޑީޕީގެ މެނިފެސްޓޯ: އިސްލާމް މާއްދާ ކިޔަވައިދޭނީ އިނގިރޭސި ބަހުން ކިޔެވުމުގެ ފުރުސަތު ދެނީ!
މިއަހަރުގެ ރިޔާސި އިންތިހާބު ކަމިޔާބުގެ ދެވަނަ ދައުރަކަށް ވެރިކަން ކުރަން ލިބިއްޖެ ނަމަ ރާއްޖޭގެ ސްކޫލުތަކުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވަ ކުދިންނަށް އެ ފުރުސަތު ފަހުކޮށްދިނުމަށް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
08 Aug 2023
ފުލެޓް ލިބުނު އެންމެނަށް އަންނަ ދައުރުގައި ފުލެޓް ދޭނަން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުމަށް ޝަރުތު ހަމަވާ މީހުންނަށް ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި ފުލެޓް އަޅައި ދެއްވާނެ ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
08 Aug 2023
މިދިޔަ ފަސްއަހަރަކީ ރާއްޖޭގެ އެންމެ ކުށް މަދު ފަސްއަހަރު
2018 ވަނަ އަހަރުން ފެށިގެން މިދިޔަ ފަސްއަހަރަކީ ރާއްޖޭގެ އެންމެ ކުށްމަދު ފަސް އަހަރުގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
08 Aug 2023
އަމިއްލަ ގޯތިތެރޭ ކުރަމުންދިޔަ އިހުތިޖާޖުން ހައްޔަރު ކުރުމަކީ ފިނޑި އަމަލެއް
އަމިއްލަ ގޯތިތެރޭ ކުރަމުންދިޔަ އިޙްތިޖާޖެއްގެ ސަބަބުން ދ. ކުޑަހުވަދޫ ކައުންސިލް މެންބަރު އަޙްމަދު މަޢުރޫފް، ހައްޔަރު ކުރުމަކީ މުޑުދާރު، ފިނޑި ޢަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
08 Aug 2023
"ޑްރޯންގައި ލެބޯޓަރީ ތަކެތި ފޯރުކޮށްދިނުމަކީ ކުރިން ނިންމާފައި އޮތް ކަމެއް"
ޑްރޯން ބޭނުންކޮށްގެން ރަށްރަށުގެ ލެބޯޓަރީތަކަށް ތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތަކީ މި އަހަރު ފެށުމަށް ހަމަޖެހިފައި އޮތް ކަމެއް ކަމަށް އެސްޓީއޯ ގެ ކުރީގެ އެމްޑީ އަދި ޑިމޮކްރެޓްސް ގެ ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
08 Aug 2023
ރައީސް ޞާލިހާއި ދެކޮޅަށް އަޑުއުފުލި މީހަކު ހައްޔަރު ކޮށްފި!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ކެންޕެއިން ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެންނެވުމުން އެ ރަށުގައި އެމަނިކުފާނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ މީހަކު ގަދަބާރުން، އަނިޔާވެރި ކަމާއިއެކު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.