29 Sep 2023
މެއިޑާއި، ދޮންމަންމަގެ ވާހަކަތަކަށް ސާޖިދާގެ ރައްދެއް!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުގެ ގެކޮޅުގައި ގެންގުޅުއްވި މެއިޑް/މަސައްކަތު މީހާ އާއި، އެމަނިކުފާނުގެ ދޮންމަންމަ އާއި ގުޅުވައި ފަތުރަމުންދާ ދޮގު ވާހަކަތަކަށް އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައްދު ދެއްވައިފިއެވެ.
29 Sep 2023
އަލަށް ވޯޓުލާ ގިނަ ޒުވާނުންތަކެއް ޑރ. މުޢިއްޒަށް ތާއީދުކޮށްފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު އަލަށް ލިބޭ އުމުރުން 18 އަހަރާ 23 އަހަރާ ދެމެދުގެ ގިނަ ޢަދަދެއްގެ ޒުވާނުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.
29 Sep 2023
މުޢިއްޒުގެ ވެރިކަމެއްގައި 18 އަހަރު ފުރުމާއެކު ހައުސިން އެއް!
އުމުރުން 18 އަހަރު ފުރުމުން ކައިވެނި ނުކޮށް ތިބިނަމަވެސް ޒުވާނުންނަށްވެސް ގޯތިގެދޮރު ދެއްވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
29 Sep 2023
"އީ-ސްޕޯރޓްސްގެ އިންޓަރނޭޝަނަލް ތިން ސްޕޯރޓްސް އެރީނާ"
ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުގެ ވެރިކަމެއްގައި އީ- ސްޕޯރޓްސްގެ އިންޓަރނޭޝަނަލް ފެންވަރުގެ ތިން ސްޕޯރޓްސް އެރީނާ މާލެއާއި ރާއްޖޭގައި އުތުރާއި ދެކުނުގައި ގާއިމް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
29 Sep 2023
"އަޅުވެތިކަމުން ސަލާމަތްކުރަން މުއިއްޒަށް ވޯޓު ދެއްވާ"
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ދަމަހައްޓައި ރާއްޖެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.
29 Sep 2023
އަނިޔާވެރިކަމެއް އަދި ބަދަލު ހިފުމެއް ނޯންނާނެ: ޑރ. މުޢިއްޒު
އެމަނިކުފާނުގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނުވަތަ ބަދަލު ހިފުމެއްވެސް ނޯންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
29 Sep 2023
އެމްޕީއެލްގެ މަސައްކަތްތެރިންނަށް މުޢިއްޒު ދެއްވީ އުއްމީދު!
މަޖޫރީންނާއި ޑްރައިވަރުން ހިމެނޭ ގޮތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
28 Sep 2023
"މުއިއްޒު ފޯ އީ-ސްޕޯޓްސް" ޒުވާނުންގެ އިވެންޓް ފަށައިފި
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރާ ޒުވާނުން އިސްނަގައިގެން ކުރިއަަށް ގެންދާ "މުއިއްޒު ފޯ އީ-ސްޕޯޓްސް" އިވެންޓް ފަށައިފިއެވެ.