ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
27 Sep 2023
"ނުކުޅެދުންތެރި މީހުނަށް ފަރުވާދޭ އިންޓަނޭޝަނަލް ހޮސްޕިޓަލެއް"
އެމަނިކުފާނުގެ ވެރިކަމެއްގައި އައްޑޫ ސިޓީއާއި މާލޭގެ އިތުރުން އުތުރުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ފަރުވާދޭ އިންޓަނޭޝަނަލް ހޮސްޕިޓަލް ގާއިމް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2023
މުއިއްޒުގެ ފަހަތުން މިފެންނަ ނަލަ ރީތި ޖިންސުއްލަތީފުންގެ ހިނިތުންވުމާއި އޭގެ ސިއްރު
މިދިޔަ އޯގަސްޓްމަހުގެ ހަވަނަ ދުވަހު ސުޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަނުވާކަމަށް ކަނޑައެޅުމުން ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ ޕީޕީއެމްގެ ލީޑަރަށް ތާއީދުކުރަމުންދިޔަ އެތައް ހާސް ބަޔެއްގެ ކަރުއެލިގެންދިޔައެވެ.
27 Sep 2023
އަދާލަތުގެ ހުޅުމާލޭ ގޮފީގެ މެޖޯރިޓީގެ ތާއީދުވެސް މުޢިއްޒަށް!
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ހުޅުމާލޭ ގޮފީގެ މެޖޯރިޓީ މެންބަރުން އިދިކޮޅުު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ތާއީދު ކޮށްފިއެވެ.
27 Sep 2023
ބަނގުރޫޓް ވެފައިވާ ގައުމީ އެއާލައިން ކޮޅަށް ޖަހާނަން: މުޢިއްޒު
ގައުމީ އެއާލައިން މިހާރު ވަނީ ބަންގުރޫޓްވެފައި ކަމަށާ، އެ މަނިކުފާނުގެ ވެރިކަމުގައި އެ އެއާލައިން ކޮޅަށް ޖައްސަވައި ދިވެހިން ފަހުރުވެރިވާފަދަ އެއާލައިނަކަށް ހަދައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ވިދާޅުވެއްޖެއެވެ.
27 Sep 2023
"އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިނުގަންނަން"
އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަނެފައި ނުވާނެ ކަމަށާ، އަދި މީހަކަށް އަނިޔާވެރި ވެފައިވެސް ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
27 Sep 2023
އަމީން ފައިސަލް ޑރ މުޢިއްޒަށް ތާއީދުކުރައްވައިފި
ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒަށް ތާއީދު ކުރެއްވުމަށް ނިންމެވި ކަމަށް އިޢްލާނު ކުރައްވައިފިއެވެ.
26 Sep 2023
"ބްރިޖްފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގޭނީ މުއިއްޒު ފަދަ ބޭފުޅަކަށް"
ބްރިޖް އެޅުން ފަދަ ބޮޑެތި މެގަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނީ އެފަދަ ކަންކަން ކުރުމުގެ ގާބިލްކަމާއި ތަޖުރިބާއާއި ތައުލީމް ހުރި މީހަކަށް ކަމަށާ، އެ ބޭފުޅަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު މުޢިއްޒު ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
26 Sep 2023
"ފޭކު އޯޑިއޯތައް ފެތުރުމުން އެނގެނީ ޑެސްޕަރޭޓުވެފައިވާ މިންވަރު"
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުއާއި ގުޅިގެން، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހަދަހަދައިގެން ދޮގު ވީޑިއޯ ތައް ފަތުރަމުންދަނީ "ޑެސްޕަރޭޓް" ނުވަތަ ވެރިކަމަށް ބޭނުންވެފައި ތިބިލެއް ބޮޑު ކަމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.