ފިރުޒުލް ބޭއްވި
ހަބަރު
31 Oct 2023 | 15:52
ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު 1000 މީހުންނަށް ދެނީ

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިރަމުގެ ޤާނޫނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމު ރައްޔިތުންގެ ތެރެއިން 1000 މީހުންނަށް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް އިންތިޤާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ. 

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވަމުން ފިރުޒުލް ވިދާޅުވީ އެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރަމުން ގެންދާ ކަމަށެވެ. 

އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރަސްމީކޮށް 3500 ފަރާތަކަށް ދައުވަތުދިނުމަށް ނިންމާފައިވާ ކަމަށާއި، އަދި އޭގެ އިތުރުން އާންމުންގެ ތެރެއިން 1000 މީހުންނަށް ބައިވެރިވެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަމަށް މަޖިލީހުން ބުނެފައިވާކަން ފިރުޒުލް ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އިތުރު 1000 އާންމުންނަށް އާންމުކޮށް ހުޅުވާލައިގެން މި ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ފުރުސަތު ހުޅުވާލުމަށް"

އިންތިގާލީ ތަރުޖަމާނު ފިރުޒުލް

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ މައިދާނުގައެވެ. އެ ތަނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22 މިލިއަން ރުފިޔާއަށް ގައުމީ ދިފާއީ ބާރުގެ ވެލްފެއާ ކުންފުނި ސިވެކްއާއި ހަވާލުކޮށްފަ އެވެ. 

ޖުމްހޫރީ މައިދާނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ނިންމީ ވީހާވެސް ގިނަ އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް މޫސުން ތަން ނުދޭނަމަ ހުވާކުރުމުގެ ޖަލްސާ ބާއްވާނީ މަޖިލީހުގެ އިދާރައިގައި ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ