ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
07 Sep 2023
ޑރ މުއިއްޒުގެ އުންމީދީ ވައުދުތަކެއް އަރަބިއްޔާ ބެލެނިވެރިންނަށް
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މަދުރަސަތުލް ޢަރަބިއްޔަތިލް އިސްލާމިއްޔާގެ ބެލެނިވެރިންނާއި ބައްދަލުކުރައްވައި އުއްމީދީ ވައުދުތަކެއް ވެފައިވާ ކަމުގައި އެ ސްކޫލުގެ ބެލެނިވެރިން ބުނެފިއެވެ.
07 Sep 2023
"ކުނި އުކާލުމަށް ވެމްކޯއިން ނަގާ ފީތައް ކުޑަކޮށްދޭނަން"
ކުނި އުކާލުމަށް ވެމްކޯ އިން މާލޭގައި ނަގަމުން އަންނަ އަގުތައް ކުޑަކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
06 Sep 2023
މުއިއްޒުގެ ވެރިކަމެއްގައި ފައިސާ ޗާޕްކުރުން ހުއްޓާލާނެކަމަށް ވިދާޅުވެއްޖެ
ރިޔާސީ އިންތިހާބު ކާމިޔާބުވެވަޑައިގެން ވެރިކަން ލިބި ވަޑައިގެންފިނަމަ ފައިސާ ޗާޕްކުރުން އެއްކޮށް ހުއްޓާލާނެ ކަމުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Sep 2023
އަޅުގަނޑުވެސް ވާނީ ނަތީޖާ ނެރެދޭ މީހަކަށް: ޑރ މުއިއްޒު
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުވަނީ ރައްޔިތުންނަން ނަތީޖާ ނެރެފައިވައި ކަންކަން ކުރެއްވޭނެކަން ސާބިތު ކޮށްދެއްވައިފައިކަމަށާއި އެމަނިކުފާނުވެސް ކުރިއަށް ދާނީ ހަމަ އެގޮތުގައި ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Sep 2023
ވޯޓު ވިއްކައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ
ހޮނިހިރު ދުވަހު ނެގޭ ރިޔާސީ އިންތިހާބުގެ ވޯޓު، ވަގުތީ ފައިދާއަށް ވިއްކާލައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހާވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
05 Sep 2023
އިޔާޒުގެ ބައްޕަގެ ތައީދު ޑރ. މުޢިއްޒަށް
ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފުގެ ބައްޕަ، ކަޅުބެ އަބްދުއްލަތީފު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް އެކަން ހާމަކޮށްފި އެވެ.
05 Sep 2023
މި ސަރުކާރަށް ފުރުސަތު ދީގެން މިނިވަންކަން ދެން ނޯންނާނެ
ވެރިކަން ކުރާ ޕާޓީ، އެމްޑީޕީ ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކަށް އިތުރަށް ފުރުސަތު ދީގެން ރާއްޖޭގެ މިނިވަންކަން މިހާރު އޮތް ވަރަށްވެސް ނޯންނާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
05 Sep 2023
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މަތިވެރީގައި އަޅަން ވައުދުވެއްޖެ!
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް އެ އަތޮޅު މަތިވެރީގެ ފަޅު ހިއްކައިގެން އެ ތަނުގައި ހަދަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.