ހުޅުމީދޫ-- ފޮޓޯ/އިންޓަނެޓް
ހަބަރު
01 Nov 2023 | 17:56
މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ހިތަދޫ-ހުޅުމީދޫ ބްރިޖް މަޝްރޫއަށް 30 މިލިއަން ބަޖެޓުގައި ހިމަނައިފި!

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ސ.ހިތަދޫ-ހުޅުމީދޫ 15 ކިލޯމީޓަރުގެ ބުރިޖު މަޝްރޫއު ހިންގުމަށް ކުރަންޖެހޭ ސާވޭ މަސައްކަތް ކުރުމަށް 30 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. 

މުޢިއްޒުގެ ވެރިކަމެއްގައި އައްޑޫގައި ވަކިން އޮންނަ ހުޅުމީދޫ އާއި ވެރިރަށް ހިތަދޫ ގުޅާލުމަށް ބްރިޖު އަޅުއްވާނެ ކަމުގެ ޔަގީންކަން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން އެމަނިކުފާނު ވަނީ ދެއްވާފައެވެ. 

އަދި އެ ބްރިޖް ވެގެންދާނީ އައްޑޫގައި އެޅިގެންދާނެ "ތަރައްގީގެ ފާލަމެއް" ކަމަށާ، އެއީ އައްޑޫގެ ޓޫރިޒަމް ފުޅާ ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާނެ 'އައްސޭރި ޓޫރިޒަމް' ކޮންސެޕްޓު ކާމިޔާބު ކުރުމަށް ވެސް ލިބޭނެ ބާރެއް ކަމަށް އެމަނިކުފާނު ވަނީ އޭރު ވިދާޅުވެފައެވެ. 

'އައްސޭރި ޓޫރިޒަމް'ގެ ކޮންސެޕްޓް އަކީ ސަރުކާރުން އިންވެސްޓުކޮށްގެން އައްޑޫގެ ޓޫރިޒަމް ފުޅާކޮށް، 6،000 އެނދާ އެކު 10،000 ވަޒީފާ އުފެއްދުމަށް މުޢިއްޒު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައިވާ ކޮންސެޕްޓެކެވެ. 

މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވެސް ވަނީ ހުޅުމީދޫ އާއި ހިތަދޫ ބްރިޖަކުން ގުޅާލުމަށް ވައުދުވެވަޑައިގެންފަ އެވެ. 

ކޮމެންޓް
ފަހުދު
ބޮރިޖް ވީހާ އަވަސްކުރަންވީ، މިކިޔާ ސިޓީ އުވާލަންވީ، އައްޑޫ މޮޅަށް އަވަހަށް ތަރައްޤީ ކުރެވޭނީ ރަށްތައް އަވަށްތަކަކަށް ނުވެ އޮތުމުން. ސާބަސް އާ ރައީސް .
01 Nov 2023
ގުޅޭ ލިޔުންތައް
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.