ޑރ މުއިއްޒު ރައްޔިތުންނާއި މުޚާބަތުކުރައްވާ ވާހަކަދައްކަވަނީ/ ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
01 Nov 2023 | 12:26
ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ޑރ މުއިއްޒު ވީ ވައުދު ފުއްދުމަށް ބަޖެޓުގައި 50 މިލިއަން!

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް އީދުގެ މުނާސަބާ ފާހަގަކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެލެއްވި ވައުދު ފުއްދުމަށްޓަކައި އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނުއްވައިފި އެވެ. 

ރިޔާސީ އިންތިޚާބު ނިންމަވާލެއްވުމަށްފަހު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޑރ މުއިއްޒު އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ވަރަށް ކުލަ ގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުން އިސްގަނައިގެން ކުލަ ބޮކިތަކުން މާލެތެރެ ޒީނަތްތެރިކޮށް، ތަކުބީރުގެ އަޑުއިވޭގޮތަށް ސްޕީކަރުތައް ހަރުކޮށް ހިންގި ހަރަކާތަށް ގިނަ ބައެއް ތައުރީފު ލިބިފައިވެއެވެ. 

އެކަމަށް އިޝާރާތްކުރައްވާ އެ ބައްދަލުވުމުގައި ޑރ މުއިއްޒު ވިދާޅުވީ އިސްލާމީވަންތަކަށް ދިރުވާ އާލާކުރަން ދިވެހީން ބޭނުންވާ ކަމަށާއި، ޢީދާއި ދިމާކޮށް ރަށުތެރެ ޒީނަތްތެރިކޮށް ތަކުބީރުގެ އަޑުއިވިގެން ދިއުމަކީ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިން ކަމެއްކަމަށް ރައްޔިތުން ބުނަމުން އައިސްފައިވާ ކަމަށެވެ.

އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ އެކި ކަންކޮޅިތަކުގައި ޢީދަށް ތައްޔާރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި ވަނީ ޢީދު ފާހަގަކުރުމަށް ހޯމް މިނިސްޓްރީއަށް 50 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. 

ޑރ މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ޢީދު ފާހަގަކުރުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ވަނީ 47.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅުއްވާފައެވެ. އެ ބަޖެޓުގައި އާ ސަރުކާރުގެ ވައުދުތައް ފުއްދުމަށާއި، ބޯހިޔާވަހިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ