ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
13 Sep 2023
ޑރ މުޢިއްޒު މާދަމާ އަރި އަތޮޅަށް، ހުސެއިން ހުވަދުއަށް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ޕީއެންސީ އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު އަރިދެކުނަށާއި އަރި އުތުރަށް އަދި ރަނިންގމޭޓް ހުސެއިން މުޙައްމަދި ލަތީފް ހުވަދުއަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
13 Sep 2023
ހިޔާ ފްލެޓް ތަކުގެ ފިނިޝިން ނިންމަން ހަރަދުކުރި ލާރީގެ ބަދަލު ދޭނަން!
ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ރައްޔިތުން ހަރަދުކުރި ލާރީގެ ބަދަލު ދެއްވާނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
13 Sep 2023
ހުޅުމާލޭ ފޭސް 2 އަކީ ޔާމިނުގެ ތަރައްގީގެ ލެގަސީގެ ފުރިހަމަ މިސާލެއް
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ފެނިގެންދިޔައީ ހުޅުމާލެގެ ރައްޔިތުންނަށްޓަަކައި ރައީސް އަބްދުﷲ ޔާމިން ކުރެއްވެވި ގިނަ ގުނަ މަސައްކަތްތަކާމެދު ހުޅުމާލޭގެ ރައްޔިތުންވެސް ޝުކުރުވެރިވާކަން ކަމަށާއި ހުޅުމާލެއާއި ހާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ރައީސް ޔާމިނުގެ ތަރައްގީގެ ލެގަސީގެ ފުރިހަމަ މިސާލެއްކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Sep 2023
ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހެދުމުގައި ބޯޅަ އޮތީ އެ ޕާޓީގެ ފަޅީގައި
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ކޯލިޝަން ހެދުމަށްޓަކައި ދަ ޑިމޮކްރެޓްސްއާއެކު ކުރެވެމުންދާ މަޝްވަރާތަކުގައި ބޯޅަ އޮތީ އެ ޕާޓީގެ ފަޅީގައި ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Sep 2023
އެމްއެންޕީ ގުޅުމަކީ ގައުމަކަށް ލެވޭ ހިތްހަމަޖެހުމުގެ ނޭވާއެއް
ޕީޕީއެމް ޕީއެންސީން ކުރަމުން ގެންދާ ގައުމީ މަސައްކަތުގައި ގައުމީ ޖޯޝު އިސްކޮށް، އެމްއެންޕީން އެ ޕާޓީއާއި ގުޅުމަކީ ދިވެހި ގައުމަށް ލެވޭ ހަމަޖެހުމުގެ ނޭވާއެއް ކަމުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Sep 2023
ދެވަނަ ބުރުގައި އެމްއެންޕީން ޕީޕީއެމްއާއި ގުޅުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފި
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިންތިހާބުގެ ފުރަތަމަ ބުރުގެ އެންމެ ގިނަ ވޯޓު ހޯދި ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށް، ދެ ފަރާތުން އެކުގައި މަސައްކަތް ކުރުމަށް ނިންމައިފިއެވެ.
12 Sep 2023
ބިލެތްދޫ ޑިމޮކްޓްސްގެ މެމްބަރުން ޕީޕީއެމްއާއެކު މަސައްކަތް ކުރަނީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަސައްކަތް ކުރުމަށް ފ ބިލެތްދޫ ޑިމޮކްރެޓްސް ގެ މެމްބަރުން ނިންމައިފިއެވެ.
12 Sep 2023
ހަރުކަށިފިކުރޭ ބުނާ މީހުންނަށް ސާޖިދާގެ ރައްދެއް!
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާނެ ކަމަށާ، އަންހެނުންގެ ހައްގުތައް ގެއްލިގެންދާނެ ކަމަށް އަޑު ފަތުރާ ފަރާތްތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރައްދު ދެއްވައިފިއެވެ.