ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
06 Sep 2023
އަޅުގަނޑުވެސް ވާނީ ނަތީޖާ ނެރެދޭ މީހަކަށް: ޑރ މުއިއްޒު
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުވަނީ ރައްޔިތުންނަން ނަތީޖާ ނެރެފައިވައި ކަންކަން ކުރެއްވޭނެކަން ސާބިތު ކޮށްދެއްވައިފައިކަމަށާއި އެމަނިކުފާނުވެސް ކުރިއަށް ދާނީ ހަމަ އެގޮތުގައި ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
06 Sep 2023
ވޯޓު ވިއްކައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ
ހޮނިހިރު ދުވަހު ނެގޭ ރިޔާސީ އިންތިހާބުގެ ވޯޓު، ވަގުތީ ފައިދާއަށް ވިއްކާލައިފިނަމަ ދެން ދުވަހަކުވެސް މިގައުމު ސަލާމަތެއް ނުކުރެވޭނެ ކަމުގައި ޕީއެންސީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހާވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
05 Sep 2023
އިޔާޒުގެ ބައްޕަގެ ތައީދު ޑރ. މުޢިއްޒަށް
ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފުގެ ބައްޕަ، ކަޅުބެ އަބްދުއްލަތީފު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް އެކަން ހާމަކޮށްފި އެވެ.
05 Sep 2023
މި ސަރުކާރަށް ފުރުސަތު ދީގެން މިނިވަންކަން ދެން ނޯންނާނެ
ވެރިކަން ކުރާ ޕާޓީ، އެމްޑީޕީ ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކަށް އިތުރަށް ފުރުސަތު ދީގެން ރާއްޖޭގެ މިނިވަންކަން މިހާރު އޮތް ވަރަށްވެސް ނޯންނާނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
05 Sep 2023
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް މަތިވެރީގައި އަޅަން ވައުދުވެއްޖެ!
އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް އެ އަތޮޅު މަތިވެރީގެ ފަޅު ހިއްކައިގެން އެ ތަނުގައި ހަދަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.
05 Sep 2023
މިނިވަންކަމަށް ހުރަސް އެޅޭ މަޝްރޫއުއެއް ނަމަ ބޭރު ކުރާނަން
ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް މަޝްރޫއެއް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ނަމަ އެ ކުންފުންޏެއް ރާއްޖެ އިން ބޭރުކުރަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
05 Sep 2023
އެންމެ ފުރަތަމަ ކުރައްވާނެ އެއްކަމަކީ ސިޔާސީ ނުފޫޒުން ޖުޑިޝަރީ މިނިވަންކުރުން: ޑރ މުޢިއްޒު
ސެޕްޓެންބަރ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ޖުޑިޝަރީ ސިޔާސީ ނުފޫޒުން މިނިވަންކޮށް ރައްޔިތުންގެ އިތުބާރު އޮތް ބާރަކަށް ހެދުމަށް ވެރިކަމުގެ އެންމެ ފުރަތަމަކޮޅުވެސް މަސައްކަތް ފަށްޓަވާނޭ ކަމުގައި އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
05 Sep 2023
އިލްމުވެރިންގެ ގުޅުމުގެ ފުރިހަމަ ތާއީދު ޑރ މުއިއްޒަށް!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ހިމެނޭ ޖަމިއްޔާ، އިލްމުވެރިންގެ ގުޅުމުގެ ފުރިހަމަ ތާއީދާއެކު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ތާއިދު ކުރުމަށް ނިންމައިފިއެވެ.