ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
08 Aug 2023
މިގައުމަށް ހަމަޖެހުން ލިބުންއޮތީ ޕީޕީއެމް/ޕީއެންސީއަށް ފުރުސަތު ދީގެން: ޑރ މުޢިއްޒު
މިޤައުމަށް ހަމަޖެހުން ލިބުމާއި، މިޤައުމުގެ އިސްތިޤލާލަތު އަނބުރާ ލިބެން އޮތި ޕީޕީއެމް/ޕީއެންސީ އާއި މި ގައުމުގެ ވެރިކަން ހަވާލުކޮށްގެން ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
07 Aug 2023
ރައީސް ޔާމީނުގެ ނިންމުމަށް ޑރ ވަހީދުގެ ޝުކުރު!
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ޑރ މުހައްމަދު މުއިޒުއަށް ތާއީދު ކުރެއްވުމަށް ކުރިގެ ރައީސް ޔާމީން ނިންމެވި ނިންމެވުމަށް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އެޑްވައިޒަރ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ޝުކުރު އަދާކުރައްވައިފިއެވެ.
07 Aug 2023
ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޢިއްޒު ކެންޑިޑެސީ ފޯމު ހުށައަޅުއްވައިފި
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވައިފިއެވެ.
05 Aug 2023
މުޢިއްޒުގެ ރަނިންމޭޓަކަށް މެމްބަރު ހުސެއިން މުޙައްމަދު
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުޢިއްޒުގެ ރަނިންގމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސައިފިއެވެ.
03 Aug 2023
ެއެންމެ ފުރަތަމަ ކަމަކަށްވެސް ކުރާނެ ކަމަކީ ރައީސް ޔާމިން މިނިވަންކުރުން
ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ވާދަނުކުރެވި އިދިކޮޅު ކެނޑިޑޭޓޭއްގެ ގޮތުގައި ވާދަކުރައްވައި ކާމިޔާބު ވެއްޖެނަމަ އެންމެ ފުރަތަމަދުވަހު އެންމެ ފުރަތަމައަށްވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމިން ޖަލުން މިނިވަންކުރުން ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލޭ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
03 Aug 2023
ޕީއެންސީގެ ރިޔާސީ ޓިކެޓް ޑރ. މުޢިއްޒު އަށް!
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެނަމަ، ބަދަލުގައި އިދިކޮޅުން ކެންޑިޑޭޓަކު ހޮވުމަށް ނިންމައި، ހުޅުވާލި ފުރުސަތުގައި، ޝައުގުވެރިކަން ފާޅުކުރެއްވި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އެ މަގާމަށް އިންތިހާބުވެވަޑައިގެންފިއެވެ.
03 Aug 2023
އެދެނީ ރައީސް ޔާމީން އިންތިޚާބުގައި ވާދަކުރެއްވުން: މުއިއްޒު
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ޝައުވެރިކަން ފާޅުކުރައްވާފައިވީ ނަމަވެސް، އުއްމީދަކީ އެޕާޓީގެ ބަދަލުގައި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް އިންތިޚާބުގައި ވާދަކުރެއްވުން ކަމަށް ނާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު ވިދާޅުވެއްޖެއެވެ.
03 Aug 2023
ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅީ ޝަރީފާއި މުޢިއްޒު!
ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިއްޖެނަމަ، ބަދަލުގައި އިދިކޮޅުން ކެންޑިޑޭޓަކު ހޮވުމަށް ނިންމައި، ހުޅުވާލި ފުރުސަތުގައި، ޝައުގުވެރިކަން ފާޅުކުރެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަމަށް ޕީޕީއެމުން ބުނެފި އެވެ.