ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
23 Aug 2023
ކަނޑިތީމު ކައިރީ ރިސޯޓެއް ތަރައްގީ ކުރާނަން: ޑރ. މުއިއްޒު
ށ ކަނޑިތީމު ކައިރީގައި އެއާޕޯޓެއް އަޅައި، އެރަށު ބޮޑެތި މަގުހެދުން ހިމެނޭހެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކަނޑިތީމަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވައިފިއެވެ.
23 Aug 2023
ޢަރަބިއްޔާއަށް ޖާގަ ތަނަވަސް އިމާރާތެއް މާލޭގައި އަޅައިދޭނަން
މިސަރުކާރުން އަރަބިއްޔާ ސްކޫލާއި ބެލެނިވެރިންނަށް ދިނީ ދޯކާ ކަމަށާއި ދާއިމީ ހައްލެއްނެތި މިސަރުކާރުގެ މިފަސް އަހަރުގައި މަގުމަތި ވެފައިވާ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނެވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދީ މާލޭގައި ޖާގަ ތަނަވަސް ބޮޑު އިމާރާތެއް އަޅައި ދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
23 Aug 2023
ފޭދޫ ރަށްގިރުމުގެ މައްސަލަ ހައްލުކޮށް ދޭނަން: ޑރ މުއިއްޒު
މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެ ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ، ށ ފޭދުއަށް ދިމާވެފައިވާ ކުނި މެނޭޖް ކުރުމުގެ މައްސަލައާއި އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ދެ މައްސަލައަކީވެސް އަސާސީ ކަމެއްގެ ގޮތުގައި ބަލައިގެން ހައްލުކޮށްދެއްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
23 Aug 2023
އެހެން ކެންޑިޑޭޓުންނަށް ވޯޓު ދޭނީ މުސްތަގުބަލު ގެއްލުވައިލުމަށް
ކުރިއަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ފިޔަވާ އެހެން ކެންޑިޑޭޓަކަށް ދެވޭ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލު ގެއްލުވައިލުމަށް ދެވޭ ވޯޓެއް ކަމުގައިވެގެންދާނެ ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެވެ.
22 Aug 2023
ވެރިކަމުގެ ފުރަތަމަ އަހަރުގައި ޝަންގްރިއްލާ ހުޅުވައިދޭނަން
މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ވެރިކަމަށް އާދެވިއްޖެ ނަމަ ވެރިކަމުގެ ފުރަތަމަ އަހަރުގައި ސަންގްރިއްލާ ރިޒޯޓް ހުޅުވައިދޭނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
22 Aug 2023
"ވެރިކަމުގެ ފުރަތަމަ އަހަރު ޝަންގްރިއްލާ އޮޕްރޭޝަނަށް ގެންނާނަން"
ވެރިކަން ލިބިވަޑައިގެންފި ނަމަ ޚާއްސަ އިސްކަމެއް ދީގެން ވެރިކަމުގެ ފުރަތަމަ އަހަރު އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނެސްދެއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
22 Aug 2023
"ކޯލްޑް ސްޓޯރޭޖު ބޮޑުކޮށް އައްޑޫގައި ކޭނިން ފެކްޓްރީއެއް ހަދާނަން"
ދެކުނުގެ މަސްވެރިކަމުގެ ސިނާއަތު ރަނގަޅުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ކޮށްދޭނެކަންކަން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ހާމަކޮށްދެއްވައިފި އެވެ.
22 Aug 2023
އައްޑޫގައި ކެމްޕޭނު ވަރުގަދަކޮށްދިނުމަށް ޑރ މުއިއްޒު އެދިއްޖެ
ރިޔާސީ އިންތިޚާބަށް ބާކީ މިއޮތް މަދު ދުވަސްކޮޅުގައި އައްޑޫ ސިޓީގައި ރިޔާސީ ކެމްޕޭނުގެ ހަރަކާތްތައް ވަރުގަދަކޮށް ގެސްގޮދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.