ޑރ މުއިއްޒު ހުޅުދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
22 Aug 2023 | 20:28
ވެރިކަމުގެ ފުރުތަމަ އަހަރު ޝަންގްރިއްލާ އޮޕްރޭޝަނަށް ގެންނާނަން: ޑރ މުއިއްޒު

ވެރިކަން ލިބިވަޑައިގެންފި ނަމަ ޚާއްސަ އިސްކަމެއް ދީގެން ވެރިކަމުގެ ފުރަތަމަ އަހަރު އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނެސްދެއްވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރޭގއި ހިމެނޭ 284 އެނދުގެ ރިސޯޓެކެވެ. އެ ރިސޯޓު ބަންދުކޮށްފައިވަނީ ކޯވިޑާއި ގުޅިގެން 2020 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

އެފަހުން އެ ރިސޯޓު ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ލަސްވަމުންދާތީ އައްޑޫ ސިޓީގެ ރައްޔިތުން ގެންދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން ނެވެ. 

ޝަންގްރިއްލާ ނުހުޅުވި އޮތް މައްސަލައާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެއްގައި ވިދާޅުވީ، އެ ރިސޯޓު ހުޅުވެން އޮތީ ސަރުކާރުގެ ހިއްސާ ދޫކޮށްލައިގެން ކަމަށެވެ. އައްޑޫ ރައްޔިތުން އެގޮތަށް އެކަން ކުރަން ބޭނުންވާނަމަ، ހިއްސާ ދޫކޮށްލައްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެކަން އެގޮތަށް ކޮށްފިކަމަށް ވާނަމަ ދިވެހި ސަރުކާރުން 70 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ. 

އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކޮށް، އެ ސިނާއަތުގެ ތެރެއިން އާ ވަޒީފާތައް އުފައްދަވާނެކަމަށް ވައުދުވެވަޑައިގެންފައިވާ ޑރ މުއިއްޒު މިއަދު ހުޅުދޫ ޖަލްސާގައި ވާހަކަދައްކަވަމުން ވަނީ ޝަންގްރިއްލާ ރިސޯޓު މައްސަލައިގައި އެމަނިކުފާނު އަމަލުކުރައްވާނެ ގޮތް ހިއްސާކުރައްވާފަ އެވެ. 

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ ވެރިކަމަށް ހުވާ ކުރައްވާތާ ފުރަތަމަ އަހަރުގެ ތެރޭގައި ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނެސްދެއްވާނެ ކަމަށެވެ. އަދި އެއީ ޚާއްސަ އިސްކަމެއް ދީގެން ކުރައްވާނެ މަސައްކަތެއްކަން ޑރ މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ބޭނުންވަނީ ފުރުސަތު ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ކަމަށެވެ. މި ރިޔާސީ އިންތިޚާބުގައި އައްޑޫ ރައްޔިތުންގެ ތާއީދާއި، އަގުލަބިއްޔަތު ދެއްވައި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ވެރިކަން ލިބިއްޖެ ނަމަ އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދީ ސިޓީގެ ތަރައްގީއަށް ކުރަންހުރި ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ޑރ މުއިއްޒު ވަނީ ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.