ޑރ މުހައްމަދު މުއިއްޒު
ހަބަރު
23 Aug 2023 | 14:06
މި ސަރުކާރުން ދިނީ ދޯކާ! ޢަރަބިއްޔާއަށް ޖާގަ ތަނަވަސް އިމާރާތެއް މާލޭގައި އަޅައިދޭނަން: ޑރ މުއިއްޒު

މިސަރުކާރުން އަރަބިއްޔާ ސްކޫލާއި ބެލެނިވެރިންނަށް ދިނީ ދޯކާ ކަމަށާއި ދާއިމީ ހައްލެއްނެތި މިސަރުކާރުގެ މިފަސް އަހަރުގައި މަގުމަތި ވެފައިވާ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނެވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދީ މާލޭގައި ޖާގަ ތަނަވަސް ބޮޑު އިމާރާތެއް އަޅައި ދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ށ.ކަނޑިތީމު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި މި ގައުމަށް އެންމެ މުހިންމު އެއްކަމަކީ އަރަބި ތައުލީމް ދިނުން ކަމަށެވެ. އެހެންނަމަވެސް ޢަރަބި އިސްލާމީ ތައުލީމަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

އަރަބިއްޔާ ސްކޫލަށާއި، ބެލެނެވެރިންނަށް މިސަރުކާރުން ދިނީ ބޮޑު ދޯކާއެއް. މާލޭގެ އެންމެ ތޮއްޖެހުން ބޮޑު ތަނުން ޖާގަ ދިނީ. މާލޭގައި ޢަރަބި އިސްމާލް ދިނުމަށް ޢަރަބިއްޔާ ސްކޫލު ޤާއިމް ކުރުމަށް ބޮޑު ބިމެއް ހަމަޖައްސަވައި، ރަނގަޅު ފެންވަރެއްގެ އިމާރާތެއް ޤާއިމް ކޮށްދެއްވާނަން.

ޑރ މުހައްމަދު މުއިއްޒު 

އަރަބިއްޔާއަށް ފަހުން ބިން ދިނީ މައްޗަންގޮޅީގެ އެންމެ ބާރުބޮޑު އެންމެ އުނދަގޫ ސަރަހައްދުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ތަނުން ބިން ދޭނެކަމަށް ބުނެ އެ ބިންވެސް ނުދޭކަމަށް ވިދާޅުވިއެވެ.

އިމާރާތް އެޅެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ކުރިން ހިންގި ސޯމިލް އިމާރާތް ވަނީ އަރަބިއްޔާ ސްކޫލަށް ހަމަޖައްސައިދެއްވައިފައެވެ. އަރަބިއްޔާ ސުކޫލަކީ 2011ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި ސުކޫލެކެވެ. އެ އިމާރާތަށް ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އިމާރާތުގެ ބޮޑު ބައިގައި ވަނީ ރެނދު ލައިފައެވެ.
ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިމޫމާއެކު ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތަށް އެ ސްކޫލުގެ ކިޔެވުން ބަދަލުކޮށް، އަރަބިއްޔާގެ ސްކޫލުގެ ކިޔެވުން ކުރިން ދަރުމަވަންތަ ހިންގި ވަގުތީ އިމާރާތަށް ވަނީ ބަދަލުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.