ޕީޕީއެމްގެ ނައިބު ރައީސް އަހްމަދް ޝިޔާމް
ހަބަރު
24 Aug 2023 | 10:02
ވެރިކަމެއް ނިމޭއިރު ފެންނާނެ ހުރިހާ މަންޒަރެއް މި ވެރިކަމުން އެބަ ފެނޭ: ޝިޔާމް

ވެރިކަމެއް ނިމުމަކަށް ދާއިރު އެ ވެރިކަމަކުން ފެންނާނެ އެންމެހައި ކަންކަމެއް މި ވެރިކަމުން ފެންނަމުން އެބަ ދާކަމުގައި ޕީޕީއެމްގެ ނައިބް ރައީސް، އަދި ނައިފަރު ދާއިރާގެ މަޖިލީސް މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި ރޭ ށ ފުނަދޫގައި ބެއްވި ޖަލްސާގައި ފާއިތުވި 48 ގަޑި އިރުތެރޭގައި އެމްޑީޕީން 200 މެންބަރު ވަކިވި ވަކިވުމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، އެ ރޭޓުން ދާނަމަ ކުރިއަށް އޮތް ހަމަސްދުވަސް ތެރޭގައި އެމްޑީޕީ ދޫކުރައްވާ ހުރިހާ ދިވެހި ރައްޔިތުން ޕީޕީއެމާއި ގުޅިވަޑައިގަންނާވާނެ ކަމަށް ފެންނަމުންދާ ކަމަށެވެ.

ހަމަ އެޔާއެކު ޝިޔާމް ވިދާޅުވީ، ޒުވާނުން ވަޒީފާތަކުން ވަކިކުރުމާއި އެގުރިމެންޓުތަކުގައި ސޮއިކުރުމަކީ ވެރިކަމެއް ނިމެންދާއިރު ފެންނާނެ އަލާމާތްތައް ކަމަށާއި ކެމްޕޭނަށް އަރާ ހުރިހާ ރަށަކުން މީހުން ހައްޔަރު ކުރުމާއި ފުލުހުން ބޭނުންކޮށްގެން ތަކެއްޗަށް ގެއްލުންދިނުންވެސް ހިމެނެނީ މިކަމުގެ ތެރޭގައި ކަމަށެވެ. 

ތާއީދު ހޯދަން އަރާހާ ރަށަކުން މީހުން ހައްޔަރުކުރުމާއި، ރަށްރަށުގައި ސިޔާސީ ބޭނުނަށް މީހުން ގެންގުޅޭ އާލާތްތައް ފުލުހުން ބޭނުންކޮށްގެން އަތުލުން މިއީ ވެރިކަމެއް ނިމުމަކަށް ދާއިރު ފެންނާނެ އަލާމާތްތައް

އަހްމަދު ޝިޔާމް 

މީގެ އިތުރުންވެސް ޝިޔާމް ވިދާޅުވީ، މިހާރު ފެންނަމުންދާ މަންޒަރުން ކުރިއަށް އޮތް އިންތިހާބުތަގައި ރައީސް ޞާލިޙް ބޮޑުތަނުން ބަލިވަމުން ދާ މަންޒަރު ފެންނަމަށެވެ. 

ށ. އަތޮޅަކީ ރައީސް ސޯލަހު އެވިދާޅުވާ ތާއީދު ސަރުކާރަށް އޮތް ހިސާބެއް ނޫން ކަމަށާއި އެ އަތޮޅުގެ ރައްޔިތުން އެދެނީ އެ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެ ވެރިއެއްކަން އެ އަތޮޅުގެ ސާދަ ރަށަށް ދަތުރު ކުރެވުނު އިރު ފެނުނުނު މަންޒަރުން ހާމަވާ ކަމުގައި ޝިޔާމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.